މިހާރު މިއޮތް އިސްލާމީ މުގައްރަރު ބަދަލު ކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުން ގެންދަވާތީ އިލްމުވެރިންގެ ގުޅުމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Advertisement
މިހާރު މިއޮތް އިސްލާމީ މުގައްރަރު ބަދަލު ކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުން ގެންދަވާތީ އިލްމުވެރިންގެ ގުޅުމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިލްމުވެރިންގެ ގުޅުމުން އެޑިއުކޭޝަން މިނިސްޓްރީއަށް އެޑްރެސް ކުރައްވާ ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ ހާމަކޮށްފައިވާ ގޮތުގައި މިހާރު މިއޮތް އިސްލާމް މުގައްރަރުގައި މީސްތަކުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ފިލާވަޅުތައް ހިމަނާފައިވާ ކަމަށް ތުހުމަތުކޮށް މީސްމީޑިއާގައި ބަޔަކު ދައްކާފައިވާތީ، މިވަގުތު ކިޔަވައިދެމުން މިދާ މުގައްރަރަށް މިނިސްޓްރީން ވަނީ ބަދަލުތަކެއް ގެންނަން މަސައްކަތް ފަށާފައި ކަމަށެވެ.
އަދި މިހާރު މިއޮތް އިސްލާމީ މުގައްރަރަކީ ރާއްޖޭގެ ވަރަށް ގިނަ ދީނީ އިލްމުވެރިންނެއްގެ އިތުރުން ، ކަމާބެހޭ މާހިރުންނާއި މުއައްސަސާތަކާ އެކު އެތަކެއް ދުވަހެއް ވަންދެން މަޝްވަރާކުރެވި އަދި ޚިޔާލު ބަދަލުކުރެވި އެތައް ބައެއްގެ ބުރަ މަސައްކަތުން އެކުލަވާލެވި ފުރިހަމަ ކުރެވިފައިވާ މުގައްރަރެއް ކަމަށެވެ.
އެހެންކަމުން މިހާރު މިއޮތް އިސްލާމީ މުގައްރަރާއި މެދުގައި ތުހުމަތުކޮށް ވާހަކަ ދެއްކި ބަޔަކު އެ މުގައްރަރުން ފާހަގަކޮށްފައިވާ ތަންތަނަކީ ކޮބައިކަންވެސް އެ މުގައްރަރު ވުޖޫދު ކުރުމަށް އެތަކެއް ވަގުތަކާއި ހަކަތައެއް ހޭދަކުރައްވާފައިވާ ފަރާތްތަކާ ހިއްސާކުރުމެއްނެތި މުގައްރަރު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަކީ އެ ހުރިހާ ފަރާތްތަކުންވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އަދި އެކަމުގެ ސަބަބުން އެބުނާ މައްސަލަ ހުރި ހިސާބުތައް ބަލައި މުރާޖަޢާކޮށް އިލްމީ ގޮތުން އެއާއި މެދުގައި ވާހަކަ ދައްކާ ބަހުސް ކުރުމުގެ ފުރުސަތު މިވަނީ އެ މަސައްކަތުގައި ބައިވެރިވި އެތައް ފަރާތަކަށް މުޅިން ގެއްލިގެން ގޮސްފައި ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މީސްމީޑިއާގައި ފާހަގަކޮށްފައިވާ ބައިތަކުގެ ސަފުހާއާއި އެނޫން ތަފްސީލުތަކާއި އެއަށް ގެންނަމުންދާ ބަދަލުތަކުގެ ތަފްސީލް އިލްމުވެރިންގެ ގުޅުމަށް ވީހާވެސް އަވަހަކަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް މިނިސްޓްރީގައި އެދޭކަމަށްވެސް އެ ސިޓީގައިވެއެވެ.