އިންސާނިއްޔަތުކަމުގެ ރަހުމެއް ވެސް ނެތް މިންވަރަކަށް އެ ހަތަރުން މައިން މެދު ފިރިމިހާގެ އިތުރުން ރުގްޔާ ކުރި މީހާ އަމަލުކުރި ގޮތުގެ ވާހަކަ އިވި، އެ ވާހަކަތައް ހޯދުމަށް ޝައުގުވެރިވި އެވެ. ރައްޓެއްސެއްގެ ފަރާތުން ލިބުނު ފުރުސަތެއްގައި އަންހެން މީހާ އާއި އޭނާގެ ދަރިން މިވަގުތު ހުޅުމާލޭގައި ދިރިއުޅެމުންދާ ގެއަށް ގޮސް، އެމީހުންނާއި ބައްދަލުކޮށް އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާގެ ދުލުން މިވާހަކަތައް އަޑުއަހާލީމެވެ.