ads
ސޫދާންގެ ކުރީގެ ބޮޑުވަޒީރު ސާދިގު އަލް-މަހްދީ---
ކޮވިޑް-19 ޖެހިގެން ސޫދާންގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވެއްޖެ
ކޮވިޑް-19 ގެ އާލާސްކަންފުޅުގައި ސޫދާންގެ ކުރީގެ ބޮޑުވަޒީރު ސާދިގް އަލް-މަހްދީ އަވަހާރަވެއްޖެ އެވެ.

ނަވާރަސަތޭކަ އަށްޑިހަ ނުވަވަނަ އަހަރުގެ ނިޔަލަށް ސޫދާންގެ ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރައްވާފައިވާ ސާދިގް އަލް-މަހްދީ އަވަހާރަވެފައިވަނީ ޔޫއޭއީގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 އަށް ފަރުވާ ދެމުންދާތާ ތިން ހަފްތާ ފަހުން ކަމަށް ސޫދާންގެ ނެޝަަލް އުންމާ ޕާޓީ އާއި އަލް-މަހްދީގެ އަރިސް ބޭފުޅުންނާއި ހަވާލާދީ ރިޕޯޓްކޮށްފައިވެ އެވެ.

ސާދިގް އަލް-މަހްދީގެ އިތުރުން އޭނާގެ އާއިލާގެ ގިނަ ބޭފުޅުންނަށް ވެސް ކޮވިޑް-19 ޖެހިފައިވާ ކަން ކަށަވަރުވެފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުގައެވެ. އަލް-މަހްދީގެ އާއިލާގެ ބޭފުޅުން ކޮވިޑް-19 އިން ރަނގަޅުވެފައިވާ އިރު، ކޮވިޑް-19 ގެ ސަބަބުން އޭނާގެ ހާލުކޮޅު ސީރިއަސްވުމާއި ގުޅިގެން ވަނީ އިތުރު ފަރުވާ އަށް ޔޫއޭއީ އަށް ގެންދެވިފަ އެވެ.

ސޫދާންގެ ނެޝަނަލް އުންމާ ޕާޓީ އިން ނެރުނު ނޫސްބަޔާނުގައި އެ ޕާޓީން ބުނެފައިވަނީ އަލް-މަހްދީގެ ހަށިކޮޅު ހުކުރު ދުވަހު ސޫދާންގެ އުުއްމު ދަރުމާންގައި ފަސްދާނުލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސޫދާންގައި އިންތިހާބަކުން އެންމެ ފަހުން އިންތިހާބުވެވަޑައިގަތް ބޮޑުވަޒީރު ކަމަށްވާ ސާދިގް އަލް-މަހްދީގެ ވެރިކަން ވައްޓާލާފައި ވަނީ 1989 ވަނަ އަހަރު އެ ގައުމުގެ ކުރީގެ ރައީސް އޮމަރު އަލް ބަޝީރު ކުރި ބަގާވާތަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް