ads
އެމްޑީޕީގެ ރައީސް އަބްދު ﷲ ޝާހިދު
ނަޝީދު އަންނަނީ މުސްތަގުބަލު އޮތީ އެމްޑީޕީގައިކަމަށް ވާތީ: ޝާހިދު
ދަ ޑިމޮކްރެޓްސް އުވާލާ ރައީސް މުހައްމަދު ނަޝިދާއި އެމަނިކުފާނާއި ޕާޓީގެ ހުރިހާ މެމްބަރުން އަލުން އެނބުރި އެމްޑީޕީއާ ގުޅެން ނިންމީ މުސްތަގުބަލު އޮތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމުން ކަމަށް އެމްޑީޕީގެ ރައީސް އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
Advertisement

ޝާހިދު މިހެން ވިދާޅުވީ ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅެން ނިންމުމުން އެކަމުގައި ފެންނަގޮތް ބަލަން އެމްޑީޕީން މިހާރު ކުރިޔަށްދާ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ޝާހިދު ވިދާޅުވީ ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުގެ މެމްބަރުން އެމްޑީޕީއާ ގުޅެން ބޭނުންވަނީ ރާއްޖޭގައި މުސްތަގުބަލެއް އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީކަމަށް ވާތީ ކަމަށެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ މާޒީގެ އަޅުން ކަމަށް ވެގެން ނުވާނެކަމަށާއި ވިސްނަން ވާނީ މުސްތަގުބަލަށްކަމަށެވެ. އެހެންކަމުން ނަޝިދާއި ޑިމޮކްރެޓްސް އެމްޑީޕީއާ ގުޅޭ ހުރިހާ އެންމެނަށް މަރުހަބާ ކިޔަން ޝާހިދު ގޮވާލެއްވިއެވެ.

ނަޝީދު އާއި އީވާގެ އިތުރުން ޑިމޮކްރެޓްސްގައި ތިބި މެމްބަރުން އެމްޑީޕީއާ އަލުން ގުޅެން ނިންމީ އިއްޔެ ޑިމޮކްޓްރެޓްސްގެ ނެޝަނަލް އެސެމްބްލީ ބާއްވާ ގަރާރެއް ފާސްކުރުމަށްފަހުއެވެ. އެ ގަރާރު ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި 44 މެންބަރުންގެ ތެރެއިން 35 މެންބަރުންގެ ވޯޓުންނެވެ. 

އެމްޑީޕީގެ މިދިޔަ ވެރިކަމުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ރައީސް ނަޝީދާ އުފެދުނު ހިޔާލު ތަފާތުވުން ބޮޑުވެ ރައީސް ނަޝީދަށް ތާއިދުކުރާ މެމްބަރުން އެމްޑީން ވަކިވިއެވެ. 

އަދި ރައީސް ނަޝީދު އިސްވެ ހުންނަވާ ދަ ޑިމޮކްރެޓްސް ޕާޓީ  އުފައްދާ އެމްޑީޕީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް ބޮޑެތި ތުހުމުތުތަކެއްވެސް އެމްޑީޕީގެ އިސްވެރިންގެ ބޮލުގައި އެޅުވުމަށްފަހު ރިޔާސީ އިންތިހާބުގައި އިދިކޮޅަށް މަސައްކަތް ކުރިއެވެ. 

ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅެން ނިންމާފައި މިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމިކަން އިއުލާންކުރެއްވުމަށްފަހުއެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ބައްދަލުކޮށް މަޝްވަރާތަކެއް ކޮށްފައިވަނިކޮށެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް