ads
ފޮޓޯ: ޖޭއެސްސީ
ޖުވަނައިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަނުކޮށްފި
ޖުވަނައިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަނުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފައިވަނީ ޖުވެނައިލް ކޯޓަށް އައްޔަނުކޮށްފައިވަނީ އަލްއުސްތާޛާ މަރިޔަމް ތާއިފާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓަށް އައްޔަނުކޮށްފައިވަނީ އަލްއުސްތާޛު ސަފްއަތު އެވެ. 

އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ ކުރައްވާ ފަތްކޮޅު އަރުވާފައިވަނީ ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ. މި ދެބޭފުޅުންނަށް ފަނޑިޔާރު ކަމުގެ ހުވާ ލައިދެއްވީ ޑްރަގް ކޯޓުގެ ގާޒީ އަލްއުސްތާޛު އާދަމް އާރިފް އެވެ. 

ޖުވެނައިލް ކޯޓަށް އައްޔަނުކޮށްފައިވާ އަލްއުސްތާޛާ މަރިޔަމް ތާއިފާ ވަނީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުން ބެޗްލާ ޑިގްރީ ހާސިލް ކުރައްވާފައެވެ. އަދި ގާނޫނީ ވަކީލުކަމުގައި އަށް އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ތާއިފާ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްސް އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާގެ މަގާމު ފުރުއްވާފަ އެވެ. އަދި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މެމްބަރެއްގެ މަގާމުވެސް ފުރައްވާފައިވެ އެވެ. 

ތާއިފާ މަގާމަށް އައްޔަނުކޮށްފައިވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ)ގެ ދަށުން ޖުވެނައިލް ކޯޓަށް އަންހެން ފަނޑިޔާރެއް އައްޔަނުކުރަންޖެހޭތީ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ. 

މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރި ސަފްއަތު ހަބީބު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓާ އޮފް ލޯ ހާސިލުކުރައްވާފަ އެވެ. ގާނޫނީ ވަކީލުކަމުގައި އަށް އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ސަފްއަތު ކުރިން ހުންނެވީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ލީގަލް އޮފިސަރެއްގެ މަގާމުގަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް