ads
ފޮޓޯ: އޭސީސީ
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވަން ތިން ބާރުގެ އެހީ ބޭނުންވޭ: އޭސީސީ
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވަން ދައުލަތުގެ ތިން ބާރުގެ އެހީ ބޭނުންވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ 2020 އިން 2024 އަށް އެކުލަވާލި ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އެ ޕްލޭން އެކުލަވާލާފައި ވަނީ ވަށާއިޖެހޭ މޮނިޓަރިން އެންޑް އިވެލުއޭޝަން ނުވަތަ ތަންފީޒު ކުރެވޭ ގޮތް ބެލޭ އަދި ނަތީޖާ ވަޒަންކުރެވޭނެ ނިޒާމަކާއެކު ކަމަށެވެ. 

ޝިއުނާ ވިދާޅުވީ އެ ޕްލޭނަކީ ގާނޫނީ ގޮތުން އޭސީސީއާ ހަވާލުވެފައިވާ މަސްއޫލިއްޔަތުގެ ފުރިހަމައަށް އަދާކުރުމަށް ހުޅުވިގެންދާ ވަރަށް މުހިއްމު މަގެއް ކަމަށެވެ. އަދި ދައުލަތުގެ ނަޒާހާތްތެރިކަން ކުރިއެރުވުމާއި މުޖުތަމައަކީ ކޮރަޕްޝަންގެ އަމަލުތަކުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖުތަމައަށް ހެދުމަށް އޭސީސީން ދެކެމުންދާ ތަސައްވަރަށް ވާސިލްވާން އެހީވެދޭނެ ހަތިޔާރެއްގެ ގޮތުގައި ޝިއުނާ ވަނީ އެ ޕްލޭން ސިފަކުރައްވާފަ އެވެ.

ޝިއުނާ ވިދާޅުވީ އެ ޕްލޭނަކީ އޭސީސީގެ މަގްސަދު ހާސިލުކުރުމަށް ލިބިގެންދާ އިތުރު ފުރުސަތެއް ކަމަށެވެ. އެގޮތުން ކޮރަޕްޝަން ހުއްޓުވުމަކީ ހަމައެކަނި އޭސީީސީއަށް ކުރެވޭނެ މަަސައްކަތެއް ނޫންކަން ފާހަގަކުރައްވާ ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ފުރިހަމަ އެއްބާރުލުމާއި އިތުބާރާއި އެހީއާއެކު އާންމުންގެ އެއްބާރުލުން ވެސް އެމަގަށް ވާސިލުވުމަށް އޭސީސީން ބޭނުންވާ ކަމަށެވެ.

އޭސީސީން ބުނި ގޮތުގައި އެ ޕްލޭން އެކުލަވާލުމުގައި ކަމާބެހޭ މުއައްސަސާތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދާފައިވެ އެވެ. އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާއި، ރާއްޖޭގެ ގާނޫނީ އޮނިގަނޑާއި، ކޮމިޝަނުގެ މުވައްޒަފުންގެ ތަޖުރިބާގެ އަލީގައި ކޮމިޝަނުގެ މަސައްކަތްތަކުގައި މިހާރު ހުރި ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި ކޮމިޝަނުން އަމަލުކުރަމުންދާ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަކީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިންމާނެ މައްސަލަތަކެއްގެ ގޮތުގައި ހެދުމަށް ކޮމިޝަނުގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ހަރަކާތްތައް ހިމެނޭނެ ކަމަށް ބުނެ އެވެ. އެގޮތުން ޕްލޭންގައި ހިމަނާފައިވާ ހަރަކާތްތައް އަމާޒުކުރެވޭނީ އިސްކަންދޭ މައިގަނޑު ހަތަރު ދާއިރާއެއްގެ މައްޗަށްކަން ފާހަގަކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް