ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ -- ފޮޓޯ: އޭއެފްޕީ
ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާއަށް ޖަލު ހުކުމެއް
ބަންގްލަދޭޝްގެ ކުރީގެ ރައީސް ޝައިހު ހަސީނާ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ހަ މަހަށް ޖަލަށް ލުމަށް އެ ގައުމުގެ ބައިނަލްއަގްވާމީ ޖަރީމާތަކާބެހޭ ޓްރައިބިއުނަލް، އައިސީޓީން ހުކުމްކޮށްފި އެވެ.
Advertisement

އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ)އަކީ 1971 ވަނަ އަހަރު ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ޝަރީއަތް ހިންގުމަށް ހަސީނާގެ ސަރުކާރުން 2010 ވަނަ އަހަރު އުފެއްދި ޓްރައިބިއުނަލެކެވެ. 

ނޮބެލް އެވޯޑް ލިބިވަޑައިގެންފައިވާ މުހައްމަދު ޔޫނުސް އިސްކޮށް ހުންނަވައި ހިންގަމުންދާ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ ހަސީނާ ހިމެނޭގޮތަށް އެ ގައުމުގައި ހައްގުތަކާ ހިލާފަށް އަމަލުކުރާ އިސްވެރިންނާއި ކޮރަޕްޝަން ހިންގާ އިސްވެރިން ޖަވާބުދާރީކުރުވާނެ ކަމަށް ބުނެފަ އެވެ. އެ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭަގައި އެ ގައުމުގެ ދަރިވަރުން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ދީފައިވާ ޙަމަލާތައް ބަލާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ހަސީނާގެ ސިޔާސީ ޕާޓީ، އަވާމީ ލީގު މިހާރު މަނާކޮށްފައި ވާއިރު ދައުވާތަކުން ރެކެން ފިއްލަވައިގެން އުޅުއްވާ އެ ޕާޓީގެ ލީޑަރެއް ކަމަށްވާ ޝަކީލް އަކަންދާ ބުލްބުލް ވެސް ހަމަ މި މައްސަލައިގައި ދެ މަހަށް ޖަލަށް ލާން އިއްޔެ ވަނީ ހުކުމްކުރި އެވެ.

"ހަސީނާ ވަޑައިގަތުމާ އެކު ނުވަތަ އަމާންދީ، ކޯޓާ ހަވާލުވާ ވަގުތުން މި ހުކުމް ތަންފީޒުކުރަން ފެށޭނެ،" ހުކުމް އިއްވި ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޗީފް ޕްރޮސިކިއުޓާ މުހައްމަދު ތާޖުލް އިސްލާމް ވިދާޅުވި އެވެ.

އިސްލާމް ވިދާޅުވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައިގެ އަސްލަކީ ހަސީނާއާ ދެކޮޅަށް މައްސަލަތައް ހުށަހަޅައި އަދި ހެކިބަސް ދޭން ތިބި މީހުންނަށް އިންޒާރުދޭ ގޮތަށް ދައްކަވާފައިވާ ވާހަކަތައް ކަމަށެވެ. 

ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައިގެ ދައުވާ އުފުލާފައި ވަނީ ހަސީނާ ދައްކަވާފައިވާ ވާހަކައެއްގެ އޯޑިއޯ ރެކޯޑިންއެއްގެ ސަބަބުންނެވެ. އެ ރެކޯޑިންގައި ހަސީނާ ވަނީ އެކަމަނާގެ މައްޗަށް 227 މައްސަލަ އެއް އެބައޮތް ކަމަށާއި، އެހެންވެ 227 މީހުން މަރާލުމުގެ ލައިސެންސް އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ހަސީނާ އޭނާގެ ވެރިކަން ދަމަހައްޓަން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން 1،400 އެއްހާ މީހުން މަރުވެފައިވާ ކަމަށް އދ. އިން ލަފާކުރެ އެވެ.

ސަރުކާރާ ދެކޮޅަށް ދަރިވަރުން ފެށި މުޒާހަރާތައް ހޫނުވެ މިދިޔަ އަހަރުގެ އޯގަސްޓް މަހު ހަސީނާ އިސްތިއުފާ ދެއްވުމަށް ފަހު ވަޑައިގެން އުޅުއްވަނީ އިންޑިއާގަ އެވެ. އުމުރުން 76 އަހަރުގެ ހަސީނާ ބަންގްލަދޭޝް ދޫކޮށް ވަޑައިގެން ފަހުން އާންމުންގެ ތެރެއިން އަދި ނުފެނެ އެވެ. އިންޑިއާއިން ހަސީނާއަށް ހިމާޔަތް ދޭތީ އެކަމުގެ ހިތްހަމަނުޖެހުން ބަންގްލާދޭޝްގައި އޮތް އިރު މިހާރު ވަނީ ހަސީނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ވެސް ކެންސަލްކޮށްފަ އެވެ.

އެކަމަނާ އިންޑިއާގައި ދާއިމަށް ހުންނެވުމަކީ ބަންގުލާދޭޝްގެ އާ އިންތިގާލީ ސަރުކާރާ އެކު މަސައްކަތް ކުރުމުގައި ދިއްލީއަށް އޮތް ގޮންޖެހުމެކެވެ. ބަންގްލަދޭޝްގެ ގިނަ ބަޔަކު ރުޅި އަންނަނީ އިންޑިއާ އިން އޭނާއަށް ހިމާޔަތްދޭތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް