ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކުރީގެ ޑިފެންސް ޗީފް ޝިޔާމް: އޭނާއަށް ކުރި ދައުވާ ދައުލަތުން ވަނީ އަނބުރައި ގެންގޮސްފައި
ސިފައިންގެ ކުރީގެ ޗީފް ޝިޔާމަށް ކުރާ ދައުވާ އަނބުރާ ގެންގޮސްފި
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަަދު ޝިޔާމްގެ މައްޗަށް، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.
Advertisement

ޝިޔާމަށް ދައުވާ ކުރީ ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގޭގައި ޝިޔާމްގެ ބައްފަ ދިރިއުޅުނު ކަމަށް ތުހުމަތުކޮށެވެ. ޝިޔާމްގެ ބައްޕަ އެ ފެސިލިޓީގައި އުޅުނީ އޭނާގެ އެންގުމަށް ކަމަށާއި، އޭނާގެ ބައްޕައަށް ސިފައިން އެކި ހިދުމަތްތައް ވެސް ދިން ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

ޕީޖީން ބުނެފައިވަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް، ޝިޔާމްގެ ބައްޕަ ދިރިއުޅުމަށް އެ ގޭގައި ބެހެއްޓުމުގެ އިތުރުން، އެ މުއްދަތުގައި ޝިޔާމްގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ޝިޔާމްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ރާއްޖޭގެ ގާނޫނުގެ 513 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

އޭސީސީން މި މައްސަލަ ޕީޖީއަށް ފޮނުވިއިރު ބުނެފައިވަނީ، ޝިޔާމްގެ ބައްޕަ އެގޭގައި ދިރިއުޅެފައިވާ ކަމަށާއި، އެމްއެންޑީއެފްގެ މަރުކަޒެއްކަމަށްވާ އެމްއާރުސީސީގެ ވީއައިޕީ ގޭގައި މީހުން ބޭތިއްބުމުގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް ނެތްނަމަވެސް، އެމްއާރުސީސީގެ އިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭ ތަންތަން ކަމަށެވެ. އެހެންކަމުން އެމްއާރުސީސީއަށް ހިނގާ އުސޫލު އެތަނުގެ ވީއައިޕީ ގެއަށްވެސް ހިނގާނެކަމަށް އޭސީސީން ބުނެ އެވެ.

މި ދައުވާ ސާބިތުނުވާ ކަމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން މިދިޔަ ޖެނުއަރީ މަހު ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ.

ނަމަވެސް މައްސަލަ ކުރިއަށް ދަނިކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ މައްސަލަ ބާތިލްކޮށް ހައި ކޯޓުން ދައުވާ ފޯމު ބާތިލްކޮށްފަ އެވެ.

މި މައްސަލާގައި ދިފާއުގައި ޝިޔާމް ވެސް ފާހަގަކުރައްވަމުން ގެންދެވި ކަމަކީ އޭނަގެ ބައްޕަ އެ ތަނުގައި ބެހެއްޓެވީ، ސިފައިންގޭގައި އޮންނަ އާދަކާދައިގެ ތެރެއިން ކަމަށެވެ. އެގޮތުން، ސިފައިންގެ ކޮންމެ ރޭންކެއްގެ މީހަކަށް ވެސް ކުއްލި ހާލަތްތަކާއި އެހެން ބައެއް ކަންކަމުގައި ވެސް އާއިލާ މީހުން އެ ތަނުގައި ބަހައްޓާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް