ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް--- ފޮޓޯ: ސީއެންއެމް
މިއީ އާ ފުރުސަތުތައް ހޯދަންވީ ވަގުތު: ޑރ. މައުސޫމް
މިއީ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ފުރުސަތު ހޯދައި އާ އުކުޅުތައް ތައާރަފް ކުރަންވީ ވަގުތު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އިއްޔެ އާއި މިއަދު ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ދަ ސްޓޭންޑިން ކޮމިޓީ ފޯ އިކޮނޮމިކް އެންޑް ކޮމާޝަލް ކޯޕަރޭޝަން އޮފް ދަ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (ކޮމްސެކް) ގެ 36 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މައުސޫމް ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިތަކާއި، އެ ދަތިތަކުން އަރައިގަތުމަށް ރާއްޖެ އިން ކުރަމުންގެންދާ މަސައްކަތްތަކަށް އަލި އަޅުވާލައި ވާހަކަފުޅު ދައްކަވާފަ އެވެ.

އިތުރަށް ދެއްކެވި ވާހަކަފުޅުގައި ޑރ. މައުސޫމް ވަނީ ފަތުރުވެރިކަމަށް ލިބެމުންދާ ކުރި އެރުންތަކުގެ މައްޗަށް އަލި އަޅުއްވާލައްވައި، ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ފުރުސަތު ހޯދައި އާ އުކުޅުތައް ތައާރަފް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގައި ސަގާފީ އަދި ހަލާލް ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ކަން ފާހަގަ ކުރައްވައި، ޑރ. މައުސޫމް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތައުރީފް ކުރައްވައި، އެ ފަރާތްތައް ކުރަމުން ގެންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ކޮމްސެކް އަކީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގައި ހިމެނޭ ހަތަރު ދާއިމީ
ކޮމިޓީގެ ތެރެއިން އެއް ކޮމިޓީ ކަމަށްވާ އިރު، އެ ކޮމިޓީގެ މެންބަރު ޤައުމުތަކުގެ ގޮތުގައި 57 ޤައުމު އޮވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް