ނަމަވެސް، މިއަދު ދިވެހިރާއްޖޭގައި އާންމުވެފައިވާ އެއްކަމަކީ އިސްލާމުދީނުގެ ސާފު ރީތިނަން ކިލަނބުކޮށްލާ އެއީ އަނިޔާވެރި ދީނެއްގެ ގޮތުގައި ބައެއް މީހުންނަށް އުގަންނައިދީ އެ އަނިޔާވެރިކަން ދީނުގެ ނަމުގައި ޕްރެކްޓިސްކުރުމެވެ. އަނިޔާވެރިކަމާއި، ނަފުރަތު އުފެއްދުމުގެ ވާހަކަތައް ދީނުގެ ނަމުގައި ފަގުޑި އަޅައިގެން ތިބި ބަޔަކު ދައްކާތީވެސް އިވެއެވެ.
މިގޮތުން މި ހަފްތާގެ ތެރޭގައިވެސް މީޑިއާގައި ފެންމަތިވީ ބައެއް ވާހަކަތަކަކީ ހަމަ ޔަގީނުންވެސް، އިސްލާމް ދީނުގެ ނަމުގައި ހިންގާފައިވާ ބޮޑެތި ލާއިންސާނީ އަމަލުތަކެއްގެ ވާހަކައެވެ.