ads
ވެކްސިން.... ފޮޓޯ: އޭބީސީ އޮސްޓްރޭލިޔާ
އަންނަ އަހަރު ކުރީކޮޅު ކޮވިޑް ވެކްސިންގެ ފުރަތަމަ ބެޗް ލިބޭނެ: ޑރ. ނަޒްލާ
އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ބެޗް ލިބޭނެކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑު ވެކްސިންގެ ފުރަތަމަ ބެޗް އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ލިބޭނެކަމަށް އުންމީދުކުރެވޭ ކަމަށެވެ. އެގޮތުން ވެކްސިން ލިބޭނީ އެކި ބެޗް ބެޗައް ކަމަށާއި، ރާއްޖެއަށް ވެކްސިން ލިބެމުންދާ ވަރަކުން ވެކްސިން ޖަހަމުން ގެންދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. 

ނަޒްލާ ވިދާޅުވީ، ވެކްސިން ލިބެން ވާއިރަށް ވާންޖެހޭ ތައްޔާރީތަށް ވުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށް ކަމަށާއި، އެގޮތުން ނޭޝަނަލް ސްޓިއަރިން ކޮމިޓީއެއް މިކަމަށް އެކުލަވާލެވި އެކޮމިޓީގެ ބެލުމުގެ ދަށުން، ވެކްސިން ބަހައްޓާ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެކަމުގެ އެސެސްމަންޓެއް ހެދި، ބޭނުންވާ ސާމާނު ގަތުމުގެ މަސައްކަތް ކުރިއަށްދާކަމަށް ނަޒްލާ ވިދާޅުވިއެވެ. 

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ވެކެސިން ލިބޭނެ ކަމަށާއި، އެކަމަށް ބޭނުންވާ ޕްރޮޕޯސަލްތައް ހެދުމާއި، ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ޖަހާނެ ފަރާތްތައް ގިންތި ކުރުމުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރަމުންދާކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ވެކްސިން ލިބެންވާއިރަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެވޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. 

29%
ކަމުގޮސްފި
71%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް