ads
ސޮނާކްޝީ--
ސޮނާކްޝީ ރާއްޖެ އައިސް ސްކޫބާ ޑައިވިން އިން ލައިސެންސް ނަގައިފި
ބޮލީވުޑުގެ މަޝްހޫރު ބަތަލާ، ސޮނާކްޝީ ސިންހާ މިވަގުތު އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

މި ޗުއްޓީގައި އުޅޭއިރު ނިކަން ސޯޝަލް މީޑިއާގައި އެކްޓިވް ވެސް މެ އެވެ. އިންސްޓަގްރާމު މެދުވެރިކޮށް ސޮނާކްޝީ މިވަނީ އޭނާ، ސްކޫބާ ޑައިވިން އިން ލައިސެންސް ނަގާފައިވާކަން އިއުލާންކޮށްފަ އެވެ.

އެގޮތުން އޭނާއަކީ މިހާރު ލައިސެންސް ލިބިފައިވާ ސްކޫބާ ޑައިވަރެއްކަން އާންމުކޮށް ސޮނާކްޝީ ބުނީ އެއީ އެއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އެގޮތުން މޫދަށް އޭނާގެ ހިތް ޖެހުނީ އެންމެ ފުރަތަމަ ސްނޯކެލިންއަށް ފަހު ކަމަށް ބުނެ އެވެ. އަދި އިންސްޓްރަކްޓަރު މުހައްމަދަށް ޝުކުރު އަދާކުރުމަށް ފަހު އޭނާ ވަނީ ސަމާސާއެއް ވެސް ކޮށްލާފަ އެވެ. 

your imageސޮނާކްޝީ--

ސޮނާކްޝީ ބުނީ މިއީ އިމްތިހާނަކުން އޭނާއަށް 100 އިންސައްތަ މާކްސް ލިބުން ފުރަތަމަ އިމްތިހާނު ކަމަށެވެ. 

ބޮލީވުޑުގެ ތަރިންގެ މެދުގައި ރާއްޖެ ދުވަހެއް ދުވަހަކަށް މަގްބޫލުވަމުން އަންނައިރު މި ކޮވިޑްގެ ތެރޭގައި ވެސް ރާއްޖެއަށް އަންނަ ބޮލީވުޑް ތަރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ. 

އުމުރުން 33 އަހަރުގެ ސޮނާކްޝީއަށް ބަލާއިރު އޭނާ ވެސް ދޭތެރެ ދޭތެރެއިން ރާއްޖެއަށް އާދެ އެވެ. 

ސޮނާކްޝީ ވަނީ ދަބަންގާއި ކަލަންކް އަދި ފޯސް2 ފަދަ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ. 

89%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް