ދުނިޔޭގެ ރެކޯޑް އަގަކަށް އިޓަލީގެ ނަޕޯލީ މެރަޑޯނާ ސޮއިކުރީ ނަވާރަ ސަތޭކަ އަށްޑިހަ ހަތަރުވަނަ އަހަރުއެވެ. ނަޕޯލީގައި ހޭދަކުރި މުއްދަތުގެ ތެރޭގައި މަރަޑޯނާވަނީ އިޓާލިއަން ލީގު ދެފަހަރު ކާމިޔާބުކޮށްފައެވެ. ނަޕޯލީގައި ހޭދަ ކުރި މުއްދަތުގެ ތެރޭގައި އޭނާވަނީ އެ ޓީމަށް ސަތޭކަ އަށްޑިހަ އަށް މެޗު ކުޅެ، އަށްޑިހަ އަށް ގޯލް ޖަހާފައެވެ.
މެރަޑޯނާ މަރުވީ މި މަހުގެ ކުރީކޮޅު ސިކުނޑީގެ އޮޕަރޭޝަނެއް ކުރުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލިތާ ދެހަފުތާއެއްހާ ދުވަސް ފަހުންނެވެ. މެރަޑޯނާގެ މަރާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ފުޓްބޯޅަށް ލޯބި ކުރާ ފަރާތްތަކުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.