ads
ޝަހީރު އާއި އޭނާގެ އަނބިމީހާ--
ޝަހީރު ކައިވެނިކޮށްފި
ޔޭ ރިޝްތާ ހޭ ޕިޔާރު ކޭގެ ތަރި، ޝަހީރު ޝެއިހް ކައިވެނިކޮށްފި އެވެ.

ޝަހީރު ކައިވެނިކޮށްފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރުޗިކާ ކަޕޫރުއާ އެވެ. 

ކޮވިޑް-19 އާ ގުޅިގެން މީގެ ދެ ތިން ދުވަހެއް ކުރިން މި ދެތަރިން ކައިވެނިކުރީ ކޯޓުގަ އެވެ. 

މީގެ ކުރިން އަޑުތައް އެރި ގޮތުގައި އަންނަ އަހަރުގެ ޖޫންގައި ކައިވެނިކުރަން ދެތަރިން ތައްޔާރަމުން އައީ ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި ކައިވެންޏަށް ފަހު، ޝަހީރު ވަނީ އޭނާގެ އުފަން، ޖަމްމޫއަށް ގޮސް، ގޭގައި ކުޑަ ހަފުލާއެެއް ބާއްވާފަ އެވެ. އަދި މުމްބާއީގައި އޭނާގެ އަންހެނުންގެ ގޭގައި ވެސް ކުޑަ ރަސްމިއްޔާތެއް ބޭއްވި އެވެ. 

ޝަހީރު އާއި ރުޗިކާ ދިމާވެފައިވެފައި ވަނީ މީގެ ދެ އަހަރުކުރިން، ޖަޖްމެންޓަލް ހޭ ކިޔާގެ ސެޓުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް