ads
ޓްރަމްޕް އަދި ބައިޑެން--
ޕެންސިލްވޭނިއާގެ ކޯޓުންވެސް މައްސަލަ ބޭރުކޮށްލައިފި
ޕެންސިލްވޭނިއާގެ ފެޑެރަލް ކޯޓަށް ހުށަހެޅި މައްސަލަވެސް އެ ކޯޓުން ބޭރުކޮށްލައި، އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިހާބު އަނބުރާލުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.

މި މަހުގެ ތިން ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ނާކާމިޔާބުވެ ވަޑައިގެންފައި ވަނީ ޑިމޮކްރަޓިކް ޕާޓީގެ ކެނޑިޑޭޓް، ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އާއި ވާދަކުރައްވައިގެންނެވެ. އެގޮތުން ޕޮޕިއުލާ ވޯޓްގެ ހަ މިލިއަން ވޯޓްގެ ތަފާތުން ބައިޑެން ކުރީގައި އުޅުއްވާ އިރު، އިލެކްޓޯރަލް ވޯޓުންވެސް ކުރީގައި އުޅުއްވަނީ ބައިޑެން އެވެ.

މީގެ ކުރިން އެރިޒޯނާ އާއި މިޗިގަން، ޖޯޖިއާ އަދި ނެވާޑާގެ ކޯޓްތަކަށް ހުށަހެޅި މައްސަލަތައްވެސް އެ ކޯޓްތަކުން ވަނީ ބޭރުކޮށްލާފަ އެވެ.

ކޯޓްތަކަށް މައްސަލަ ހުށަހަޅައި، ދައުވާ ކުރާ އިރު ހެކި ބޭނުންވާނެ ކަމަށާއި، ޓްރަމްޕް ކޮށްފައިވާ ދައުވާތަކުގައި އެއްވެސް ހެއްކެއް ނެތްކަމަށް ޕެންސިލްވޭނިއާގެ ފެޑެރަލް ކޯޓުން މައްސަލަ ބެލި ފަނޑިޔާރަކު ވަނީ ވިދާޅުވެފަ އެވެ.

80،000 ވޯޓްގެ ތަފާތުން ބައިޑެން ޕެންސިލްވޭނިއާ ސްޓޭޓްގެ އަގުލަބިއްޔަތު ހޯދާފައިވާ އިރު، އެ ސްޓޭޓްގެ ގާނޫނުގައިވާ ގޮތުން، ރައްޔިތުންގެ ވޯޓުން އެ ސްޓޭޓްގެ އަގުލަބިއްޔަތު ހޯދާ ކެނޑިޑޭޓަކަށް 20 އިލެކްޓޯރަލް ވޯޓް ލިބޭނެ އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އަދިވެސް ބަލި ގަބޫލުފުޅު ކުރައްވަން ދެކޮޅު ހައްދަވަމުން ގެންދަވާ އިރު، ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނަތީޖާ އަށް ބެލުމަށްފަހު ވައިޓް ހައުސް ދޫކުރައްވައި، ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް