ads
ފޮޓޯ: ބަންގްލަދޭޝްގެ ސަފީރު ނަޒްމުލް ހަސަން ޓްވިޓާ
"ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ލިބިއްޖެ
ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވާޑް ކަމަށްވާ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވާޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ އެވެ.

ރޭ ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ވޯލްޑް ޓްރެވަލް އެވާޑްސްގެ ގްރޭންޑް ފިނާލޭގައި ރާއްޖެއަށް "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ލިބިފައިވާކަން އިއުލާންކޮށްފައިވާ އިރު، އެ އެވާޑް ރާއްޖެއަށް ލިބުނީ ދުނިޔޭގެ އިތުރު 22 މަންޒިލަކާއި ވާދަ ކޮށްގެންނެވެ.

އެ އެވާޑް ލިބުނުކަން އިއުލާން ކުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ މިއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ބުރަ މަސައްކަތްކަން ފާހަގަ ކުރައްވައި، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މަރުހަބާ ދަންނަވައިފަ އެވެ.

މީގެ އިތުރުން ރާއްޖެ އަށް މި އެވާޑް ލިބުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ރާއްޖޭގެ ރައްޔިތުންނަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވާފަ އެވެ. އަދި އެވާޑް ލިބުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ރައީސް ސާލިހާއި ކަމާބެހޭ ފަރާތްތަކުން އަދި މީޑިއާ އިން އަދާކުރި ދައުރު ބޮޑުކަން ފާހަގަ ކުރައްވައި، އެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައިވެ އެވެ.

"ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވާޑްގެ އިތުރުން މި އަހަރު ބޭއްވި 27 ވަނަ ވޯލްޑް ޓްރެވަލް އެވާޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީ އިން ރާއްޖެއަށް ހަތަރު އެވާޑެއް ލިބިފައިވެ އެވެ.

ރާއްޖެ އަށް މިފަހަރުގެ ވޯލްޑް ޓްރެވަލް އެވާޑްސްގައި ފަަހުރުވެރި އެވާޑް ތަކެއް ލިބިފައިވާ އިރު، އެމްއެމްޕީއާރުސީ އިން ދަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ކެނޑިނޭޅި އެކި ކެމްޕޭންތައް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް