ads
މެމްބަރު އަބްދުﷲ ސަނީފު--
މެމްބަރު ސަނީފަށް މަރުގެ އިންޒާރު ދީފި
ރައްޔިތުންގެ މަޖިލީހުގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާއަށް މަރުގެ އިންޒާރު ދީފި އެވެ.
Advertisement

ސަނީފު ދެއްކެވި ވާހަކަތަކާއެކު ސޯޝަލް މީޑިއާގައި އޭނާއަށް އިންޒާރުދިން ފަރާތްތަކުން ވަނީ ފްރޭމްކޮށް ޖަލަށް ލާނެކަމުގެ އިންޒާރުތަކެއް ވެސް ދީފަ އެވެ. 

އެކަމާއި ގުޅިގެން ސަނީފް މިއަދު ސީއެންއެމްއަށް ވިދާޅުވީ މަރުގެ އިންޒާރުތައް ވެސް ދެމުން އަންނަ ކަމަށާއި އެކަމަކު އެންމެ ބޮޑު ވަރަކަށް ވެސް ކުރެވޭނީ ހައްޓަށް ގެއްލުން ދިނުން ކަމަށެވެ. އަދި ބަޔަކު ދެމުންދާ އިންޒާރުތަކަކާއި ގުޅިގެން އެފަދަ ވާހަކަތައް ދެއްކުން ހުއްޓާނުލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ސަނީފަށް ބަހުގެ ހަމަލާތައް އަމާޒުވީ ވަސީލަތްތައް ހުރީ ހުވަދޫގައި ނަމަވެސް އެ އަތޮޅަށް ތަރައްގީ ލިބެމުންނުދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ދެެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. 

މަޖިލީހުގައި ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން ސަނީފް ވަނީ ތަރައްގީ ގެންނަން ޖެހޭނީ އާބާދީ އާއި އިގްތިސޯދު ވެސް އޮތް ތަނަކަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ހުވަދޫއަކީ އާބާދީ ބޮޑު އަދި ވަސީލަތް ވެސް އޮތްތަނެއްކަން ފާހަގަކުރެއްވި އެވެ. 

އެގޮތުން މިސާލެއްގެ ގޮތުގައި ސަނީފް ނަންނަގަވާފައި ވަނީ އިނގިރޭސީން އެމީހުންގެ ހަނގުރާމައަށް ހެދި އައްޑޫ އެއާޕޯޓެވެ. އެގޮތުން އެތަން ކިތަންމެ ވަރަކަށް ތަރައްގީކުރަން އުޅުނަސް ނުވާނެ ކަމަށް ވިދާޅުވުމުން އެކަމަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ސަނީފް ވިދާޅުވީ ތިނަދޫއަށް ބަލާއިރު އެތަނުގައި ވެސް ސިއްހީ ހިދުމަތް ނަމެއްގައި ލިބޭތީ ގިނަ ފަހަރަށް ދާން ޖެހެނީ ރާއްޖޭގެ ކޮންމެވެސް އެހެން ހިސާބަކަށް ކަމަށެވެ. އަދި ކުރިން ވެސް ހުވަދޫ ރައްޔިތުންނަކީ ވަކި ދައުލަތެއް ގާއިމުކުރަން އުޅުން ބައެއް ނޫން ކަމަށާއި އޭރު ވެސް ބޭނުންވީ އިގްތިސާދީ ގޮތުން ކުރިއަރަން ކަމަށް ވިދާޅުވި އެވެ. 

އޭގެ އިތުރުން އޮޅުވާލައިގެން ތަރައްގީ ކުރުމުގެ ބަދަލުގައި ގުޅިގެން ތަރައްގީގެ މަޝްވަރަތާއް ފަށާއި އެކުގައި ތަަރައްގީގެ މަސައްކަތް ފެށުން މުހިއްމުކަން ފާހަގަކުރެއްވި އެވެ. 

38%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް