ads
ފޮޓޯ: ޕީޕީއެމް
ޔާމީނަށް ކުރާ އަނިޔާއާ ދެކޮޅަށް އިދިކޮޅުން ކަނޑުމަތީގައި އިހުތިޖާޖުކުރަނީ
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލިތާ މިއަދަށް އަހަރެއްވެގެންދާތީ އިދިކޮޅު ކޯލިޝަނުން ކަނޑުމައްޗަށް ނިކުމެ އިހުތިޖާޖުކުރަން ފަށައިފި އެެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. 

އެގޮތުން ރައީސް ޔާމީން "ނުހައްގުން" ޖަލަށްލިތާ އަހަރަށް މިއަދަށްވާ ކަމަށް ބުނެ އިދިކޮޅުން މިއަދު މެންދުރު 13:30 ގައި މިވަނީ ކަނޑުމައްޗަށް ނިކުމެފަ އެވެ. 

your imageފޮޓޯ: ޕީޕީއެމް

މިއަދު ހަވީރު ރަށްރަށުގައި ވެސް މުޒާހަރާ ފަށަން ނިންމާފައިވާއިރު މާލޭގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުން ފޯނި ފަހަރުގައި ކަނޑުމައްޗަށް ނިކުމެފައިވާއިރު އިދިކޮޅުގެ އިސް ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވެ އެވެ. އަދި ދޯނި ފަހަރުގައި ސަޕޯޓަރުންނާއި މުހާތަބުކޮށް ވާހަކަ ދައްކަން ހަމަޖެހިފައިވެ އެވެ.

އޭގެ އިތުރުން ވެސް ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ އިތުރު ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ރ. ފުއްގިރިކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށް ބުނާ މައްސަލައިގަ އެވެ. 

އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް