ads
ވީޑިއޯ ރިޕޯޓް:--
މަގުމަތީގައި ނިދަންޖެހުނު ސަބަބު: ޒުވާނުންގެ ދުލުން!
މާރުކޭޓް ސަރަހައްދަށް ދާ ކޮންމެ ފަހަރަކު ފެންނަނީ އެތަނުގައި ހަމަ އަހަރެމެން ކަހަލަ ޒުވާނުން ނިދާފައި ތިބޭތަނެވެ. ނުނީ ކުނިބުނި ހޮވާގެން ކާން އިންނަ ތަނެވެ.

މަގުމަތީ އާއްމުން ބަހައްޓާފައިވާ ކުނިކޮތަޅުތަށް ހާވާ އޭގައި ހުންނަ ކާއެއްޗިއްސާއި އެހެނިހެންވެސް އެއްޗެހި ހޮވާގެން ކާ މަންޒަރު ސަރުކާރުގެ މުވައްސަސާތަކަށް ނުފެނުނަސް އަޅުގަނޑުމެންގެ ދެލޮލަށް ފެނި ހިތަށް ކެތްވާވަރެއް ނުވެއެވެ. ސޯޝަލް މީޑިއާގައިވެސް މިފަދަ އެތަށް މަންޒަރެއް ފެނިގެންދާއިރު މީން ޒަމާނެއްގައިވެސް ކުނިވަށިގަނޑު ހާވާގެން ކާ މަންޒަރު ފެނިފައި ނުވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެހެންކަމުން މިއަދު ވަކި މިމަންޒަރު ފެންނަނަން ޖެހެނީ ކީއްވެގެންހެއްޔެވެ؟ އެމަންޒަރު ލޮލަށްފެނި އެފަދަ ފަރާތްތަކުގެ ވާހަކަތައް ހޯދުމަށް ޝައުގުވެރިވި އެވެ. އެސަރަހައްދަށް ގޮސް އެއިން ޒުވާނެއްގެ އިންޓަވިއުއެއް ލިބޭތޯ ކުރި މަސައްކަތުން އިންޓަވިއުއެއް ލިބޭ ގޮތް ވީ ދެ ދުވަހަކު އެ ސަރަހައްދަށް ގޮސްގެންނެވެ. 

ޒުވާނާ ކިޔައިދިން ގޮތުން އޭނާއަކީ މީގެ ކުރިން ވަރަށް ރަނގަޅު ވަޒީފާއެއްގައި އުޅުނު މީހެކެވެ. ރިސޯޓެއްގައި ރޫމް ބޯއީއެއްގެ ގޮތުގައި އުޅެނިކޮށް ކޮވިޑް -19 ގެ ބަލިިމަޑުކަމުގެ ރާޅާއިއެކު ވަޒީފާވެސް ގެއްލުނީއެވެ. ދެން ދަތުރު ފެށީ ރަށަށް ދިޔުމަށެވެ. އެހެންނަމަވެސް ލޮކްޑައުން ކުރުމާއިއެކު މާލޭގައި ތާށިވެ ވަޒީފާ އަދާކުރެވޭނެ ގޮތެއްވެސް ނެތި މަގުމަށްޗަށް ބިކަވިގޮތް އޭނަވަނީ ސީއެންއެމްއާ ހިއްސާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް