ads
މެމްބަރު އަބްދުލްޣަފޫރު މޫސާ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިއީ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ބަޖެޓެއް: އަބްދުލްޣަފޫރު މޫސާ
2021 ވަަނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ބަޖެޓެއް ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށްލަފާ ކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ބަޖެޓްގައި ހުރި ކަންކަން ވާނޭ ކަމަށާއި، އަދި އިގްތިސާދު ހުއްޓިފައި ނޯންނާނެ ކަމަށެވެ. 

ސަރުކާރުގެ އަމާޒު ހުރީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުންކަން ފާހަގަކޮށް އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އެކަމުގެ ސަބަބުން ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށެވެ. އަދި އިގްތިސާުދު ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދެވޭނޭ ގޮތަށް ހުޅުވާލަންޖެހޭ ކަމަށާއި، ހުރަސްތައް ނައްތާލާ އިގްތިސާދު ފުޅާކުރަންޖެހޭ ކަމަށެވެ.

ހަނިމާދޫ ދާއިރާގެ މަޝްރޫއުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުލްޣަފޫރު މުސާ ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުން އެސަރަހައްދުގައި ފަތުރުވެރިކަން ފެށިގެންދާނެ ކަމަށެވެ. އަދި އުތުރުގެ ހައި ސްޕީޑް ފެރީ ސާވިސް ފެށިގެން ދިއުމުން ސަރަހައްދުގެ ކަންކަން ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކޮރަޕްޝަނާ ވައްކަމަކީ މިއަދު ކުރިމަތީގައި އޮތް އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކޮށް އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ކުރީ ސަރުކާރުގައި ކުރި ވައްކަމުގެ ސަބަބުން އަދިވެސް އެކަމުން ސަލާމަތްނުވެވިގެން އުޅޭ ކަމަށެވެ. ކޮރަޕްޝަނާއި ވައްކަން ސަރުކާރުގެ ތެރޭގައި އިންތިހާއަށް ހިންގާކަމަށާއި، ރައްޔިތުންގެ ފައިސާ ހޭދަ ކުރަންޖެހޭނީ އަމާނާތްތެރިކަމާއި އެކު ކަމަށްވެސް ވިދާޅުވި އެވެ. 

"ދައުލަތެއްގައި އަށަގަންނާނެ އެންމެ ނުބައި ސުންޕާ ބައްޔަކީ ވައްކަމާއި ކޮރަޕްޝަން ދައުލަތެއްގެ ތެރޭގައި އަށަގަންނަމުން ދިއުން. އިންތިހާއަށް އެބައޮތް، އަޅުގަނޑުމެން މިވާހަަކަ ނުދައްކާ ތިބޭކަށް ނުޖެހޭ. ހަމަ ޕްރޮޖެކްޓެއް ގެންނައިރަށް ނޫނީ ކަމެއް ފެށޭއިރަށް ތިމަންނާއަށް އޮތީ ކޮންޗެއްހޭ ކިޔާފައި ދުއްވައިގަންނަ އެތައްބަޔަކު އެބައުޅޭ."

އޭގެ އިތުރުން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ބަޖެޓް ކުޑަކުރުމަކީ ހައްލެއް ނޫން ކަމަށާއި ވިސްނަންޖެހޭނީ ރައްޔިތުންނަށް އުނދަގޫ ނުވާނެހެން ބަޖެޓަށް ފައިސާ އިތުރުވާނޭ މަގުން ކަންކަން ރޭވުމަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް