ads
މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ބަޖެޓް ކޮމިޓީއަށް އެކަށީގެންވާ ދިރާސާއެއް ކުރެވިފައި ނެތް: ބޮންޑޭ
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް، މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް އެންމެ އެކަށީގެންވާ ގޮތެއްގައި ދިރާސާ ކުރެވިފައިވާ ކަމަށް ނުދެކޭކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށްލަފާ ކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން މެމްބަރު އިބްރާހިމް ރަޝީދު ވަނީ އަންނަ އަހަރަށްލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމުން އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ދިން ލަފާގައި ބަޖެޓް ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ބަޖެޓްގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަންވެސް އެފަރާތްތަކުން ފާހަގަކުރިކަން އިބްރާހިމް ރަޝީދު ފާހަގަކުރެއްވި އެވެ. 

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް، މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް އެންމެ އެކަށީގެންވާ ގޮތެއްގައި ދިރާސާ ކުރެވިފައިވާ ކަމަށް ނުދެކޭކަމަށް ވެސް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. 

"ބަޖެޓް ކޮމިޓީން ދިރާސާކުރި އިރުގައި މި ބަޖެޓާއި ގުޅޭގޮތުން އަޅުގަނޑު ގަބޫލުކުރާގޮތުގައި އެކަށޭނަ ދިރާސާއެއް ކުރެވިފައި ނުވޭ. އަދި ދައުލަތުގެ ކަމާބެހޭ އެކި މުއައްސަސާތަކުގެ ކަންބޮޑުވުންތައް ވެސް ބެލިފައި ނެތްކަން ފާހަގަކުރެވޭ."

ދައުލަތުގެ ބަޖެޓް ހޭދަކުރާނެ ގޮތާއި ފައިސާ ހޯދާނެގޮތް ލިޔެފައިހުރިކަމަށާއި، އެހެން ނަމަވެސް ތަންފީޒު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ. މި ބަލިމަޑުކަމުގެ ހާލަތުގައި ދުނިޔެ އޮތީ "ކޮޅިގަނޑެއްގެ" ތެރޭގައި ކަމަށްވުމުން ބަޖެޓްގައި ވިސްނާފައިވާ މިންވަރަށް ދާނޭކަމުގެ ޔަގީންކަމެއްވެސް ނެތް ކަމަށް ވިދާޅުވި އެވެ. 

އިބްރާހިމް ރަޝީދު ވިދާޅުވީ މި ބަޖެޓަށް އެންމެބޮޑު އަސަރެއް ކުރަނީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ސަބަބުން ކަމަށެވެ. އަދި ކުރީ ސަރުކާރުން ލޯނު ނަގާފައި ހުރިގޮތުގެ ސަބަބުން ދިވެހި ރައްޔިތަކަށް ކުރިއެރުމެއް ނުލިބުނު ކަމަށާއި، މިހާރު ހިންގާ ޕްރޮޖެކްޓްތައްވެސް ދިވެހިންގެ ޖީބަށް ފައިސާ ނުވަންނާނެ ގޮތަކަށް ހިނގާނަމަ އެކަމުން އިތުރަށް ދަރަނިވެރިވާނޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް