ads
އަލީ އަޝްފާގް
މިއީ ދިވެހި ފުޓުބޯޅައަށް ލިބުނު ވަރަށް ރީތި ނަމެއް: އަޝްފާގް
ދިވެހިން މިއަދު ސާބިތުކޮށްދިނީ ދިވެހިންނަކީ މީސްކޮޅު ކިތަންމެ މަދު ނަމަވެސް ގައުމީ ކަންކަމުގައި ފަހަތަށް ޖެހޭނެ ބައެއް ނޫންކަން ކަމަށް ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ބުނެފިއެވެ.
ދަގަނޑޭ މިހެންބުނީ، އޭއެފްސީގެ ބްރެކެޓް ޗެލެންޖު ބޮޑުތަފާތަކުން އޭނާއަށް ކާމިޔާބު ކޮދިނުމާއި ގުޅިގެން ސަޕޯޓަރުނަށް ޝުކުރު އަދާކުރަމުންނެވެ. 

ދަގަނޑޭ ބުނީ، އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބު ކުރުމަށް ވޯޓު ލުމުގަ އާއި ވޯޓު އިތުރު ކޮށްދެއްވުމަށް އެބޭފުޅެއްގެ އަގުހުރި ވަގުތު ހޭދަ ކުރެއްވި އެންމެހައި ފަރާތްތަކަށް ފަށްފަށުން ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖެ އާއި ދިވެހި ފުޓުބޯޅައަށް ލިބުނު ވަރަށް ރީތި ނަމެއް ކަމަށް ދަގަނޑޭ ބުންޏެވެ. 
އަދި އާބާދީގެ ގޮތުން ބޮޑެތި ގައުމުތައް ފަހަތަށް ޖައްސައިލުމަށްފަހު މިއަދު ދިވެހި ރައްޔިތުން މުޅި ދުނިޔެއަށް ސާބިތުކޮށްމިދިނީ ދިވެހިންނަކީ މީސްކޮޅު ކިތަންމެ މަދު ނަމަވެސް ގައުމީ ކަންކަމުގައި ފަހަތަށް ޖެހޭނެ ބައެއް ނޫންކަން ކަމަށް ދަގަނޑޭ ބުންޏެވެ. 

އޭއެފްސީކަޕްގެ އެންމެ މޮޅު ސޯލޯ ގޯލް ހޮވުމަށް ހުޅުވާލި ބްރެކެޓް ޖެލެންޖުގެ ފައިނަލް ބުރުގައި ހޮންގް ކޮންގްގެ ޗެން ސޫ ކީގެ މައްޗަށް ދަގަނޑޭ ކުރިހޯދީ 89 އިންސައްތަ ވޯޓް ހޯދައިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް