ads
ފޮޓޯ: ރައީސް އޮފީސް
ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ފަސް މެންބަރުން އައްޔަނުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޓެކްސް އެޕީލް ޓްރިބުނަލްއަށް ފަސް މެމްނަރަކު އައްޔަންކުރައްވައިފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަންކުރުމަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ ތެރޭގަ އެވެ. 

ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ރައީސް އައްޔަންކޮށްފައިވާ 5 ބޭފުޅުން:
- ޙުސައިން ޒައިދާން ޖަލީލް/ މ.ފާމުދޭރިގެ
- އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު/ ގ.ގޮފި
- އަލްއުސްތާޛް މުޙައްމަދު މުނައްވަރު ޢަލީ/ ވެސްޓްބީޗް/ އއ.މަތިވެރި
- އިސްމާޢީލް ސާޖިދު/ މއ.ވިލާރޮދި
- އަލްއުސްތާޛް އަޙްމަދު އަޝްރަފް/ ދަފްތަރު ރސ 4883

ޓެކްސް އެޕީލް ޓްރިބިއުނަލް އަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލުމުން 9 ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެފުރުސަތު ރައީސް އޮފީހުން ހުޅުވާލީ އެ ޓްރައިބިއުނަލްގައި އޭރު ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ މަގާމުގެ މުއްދަތު 2020 ނޮވެންބަރު 28 ގެ ނިޔަލަށް ހަމަވާތީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް