އުސްފަސްގަނޑުގައި އިއްޔެ ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި، ރޯލާ ސްކޭޓިން ޓްރެކް އަދި ސްކޭޓް ބޯރޑް ޕާކުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރު އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިއު އެވެ.
ރާއްޖޭގައި ސްކޭޓްހަރަކާތްތައް ހިންގަމުންދާ ފަރާތްތަކާއި، ސްކޭޓްކުރާ ގިނައަދަދެއްގެ ކުޑަކުދިން ބައިވެރިވި މި ރަސްމިއްޔާތުގައި، އެކުދިންގެ ސްކޭޓް ކުރުމުގެ ހުނަރު ވަނީ ދައްކާލާފަ އެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އަދި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.
ސްޕޯޓްސް މިނިސްޓަރު ރާފިއު (ކ) އާއި އާރްސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމް ސްކޭޓް އެރީނާގެ ބިންގާ އަޅުއްވައި ދެއްވަނީ - ފޮޓޯ: ރައީސް އޮފީސް
މި ޕްރޮޖެކްޓަކީ އާރްސީސީގެ ސީއެސްއާރް ޕްރޮޖެކްޓެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނި ގޮތުގައި މި އެރީނާ ހަދަނީ ސްޕީޑް ސްކޭޓް ޓްރެކްޓްގެ އިތުން ސްކޭޓް ބޯޑިން ވެސް ޕާކެއް ހިމެނޭ ގޮތަށެވެ.
ސްޕިޑް ސްކޭޓް ޓްރެކަކީ ފުރޮޅުލީ ބޫޓްގައި ސްކޭޓް ކުރުމަށް ހާއްސަކޮށް އަދާ ޓެރެކެވެ. ސެކޭޓްބޯޑް ޓްރެކަނީ ސްކޭޓް ބޯޑުގައި ސްކޭޓް ހާއްސަކޮށް ހަދާ ޕްލެޓްފޯމެކެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.