ފުލުހުން ބުނީ ފެންފުށީގައި ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ލިބުނީ 15:20 ގައި ކަމަށެވެ.
އަދި އެ ކުއްޖާ ހޯދަމުންދަނިކޮށް ފެނިފައި ވަނީ މޫދުގައި އޮއްވާ ކަމަށް ބުނެ އެެވެ.
ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނީ ހެލްތު ސެންޓަރަށް ކުއްޖާ ގެންދެވުނުއިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;