ads
މަލައިކާ އާއި އަރްޖުން--
މަލައިކާ އާއި އަރްޖުންގެ ލޯބި ފޮޓޯއެއް!
މިފަހުން ދިޔަ ދަތުރުގެ ހަނދާންތައް މަލައިކާގެ ހިތުން ފިލައިގެނެއް ނުދެ އެވެ. ލޯބިވެރިޔާ އަރްޖުން ކަޕޫރާއެކު ދަރަމްޝަލާއަށް ކުރި ދަތުރުގެ ތެރެއިން ނަގާފައިވާ "ރޮމޭންޓިކް" ފޮޓޯއެއް މަލައިކާ މިވަނީ ހިއްސާކޮށްފަ އެވެ.

ލޯބިވެރިޔާއާއެކު ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު މަލައިކާ އެނބުރި އައިނަމަވެސް އަދިވެސް އަރްޖުން ހުރީ އެ ފަތުރުވެރިންގެ މަންޒިލްގައި އޭނާގެ ކުރިއަށް އޮތް ފިލްމު "ބޫތު ޕޮލިސް" ގެ ޝޫޓިންތަކުގަ އެވެ. 

ކޮންމެއަކަސް ދެމީހުން އެކުގައި ހޭދަކުރި ލޯބި ފޮޓޯއެއް ސޯޝަލް މީޑިއާއަށް މަލައިކާ ދޫކޮށްލިއިރު އޭގައި ލޯބި ކެޕްޝަނެއް ވެސް ޖަހާފައިވެ އެވެ. އެގޮތުން އަރްޖުންއާއެކު ހޭދަކުރާ ވަގުތަކީ އަބަދުވެސް ވަރަށް ސަޅި ވަގުތުތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފަ އެވެ. އަދި އެ ޕޯސްޓަށް އެކަމަށް އެއްބަސް ކަމަށް ބުނެ އަރްޖުން ވެސް ރިޕްލައި ދީފައިވެ އެވެ. 

އަރުޖުންއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މަލައިކާ ރަސްމީކޮށް އިއުލާނުކުރީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. މިހާރު އެމީހުން އަންނަނީ ދެ އާއިލާގެ މީހުންނާއެކު ވެސް ވަގުތު ހޭދަކުރަމުންނެވެ.

އެ މީހުން ލޯބީގެ ގޮތުން ގުޅުމުން ގިނަ ބަޔަކު ފާޑުވެސް ކިޔެވެ. އެއީ އެންމެ 35 އަހަރުގެ އަރްޖުން 47 އަހަރުގެ މަލައިކާއާ ލޯބީގެ ގޮތުން ގުޅުމެވެ. އެގޮތުން ދެ މީހުންގެ އުމުރުގެ ފަރަގާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރި އެވެ. 

ނަވާރަ ސަތޭކަ ނުވަދިހަ އަށް ވަނަ އަހަރު ސަލްމާން ހާނުގެ ކޮއްކޮ، އަރްބާޒު ހާނާއި މަލައިކާ ކައިވެނިކުރިއެވެ. އެކައިވެންޏަށް 16 އަހަރުގެ ދަރިއަކު ވެސް ލިބިފައިވާއިރު އެކައިވެނި ރޫޅުނީ 2017 ވަނަ އަހަރެވެ. އެކައިވެނި ރޫޅުމުގެ ސަބަބަކީ ވެސް އަރުޖުން ކަމަށް އޭރު އަޑުތައް އެރިއެވެ.

މިހާތަނަށް އަރުޖުން މީހަކާ ކައިވެނިކޮށްފައެއް ނުވެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް