ads
މެމްބަރު މުހައްމަދު ސައީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ނޫ އިގްތިސާދުގެ ވާހަކަ ދައްކަން އެމްޑީޕީ ލަދުގަންނަންޖެހޭނެ: ސައީދު
ނޫ އިގްތިސާދުގެ ވާހަކަ ދައްކަން އެމްޑީޕީ ލަދުގަންނަން ޖެހޭނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ދިރާސާކުރުމަށްފަހު ހުށަހެޅި ރިޕޯޓަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މި ބަޖެޓް ވަރަށް ބޮޑަށް ގޯސް ކަމަށާއި މިބަހުސްގައި މެމްބަރުންގެ ޝައުގުވެރިކަން ކެނޑިފައި އޮތީ ބަޖެޓް ގޯސްވުމުގެ ސަބަބުން ކަމަށެވެ. 

ބަޖެޓަށް ވާހަކަ ދައްކާ ބައެއް މެމްބަރުންނަށް ބަޖެޓް ރަނގަޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅަށް ވަޑައިގަތުމުން ކަމަށާއި، ބަޖެޓް ރަނގަޅުވުމާއި ގޯސްވުން އޮތީ ދެ ރައީސުންގެ އަތުގައި ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިއީ އެމްޑީޕީގެ ބަޖެޓެއް ނޫން ކަމަށާއި އެމްޑީޕީގެ ސަރުކާރެއްގައި އިގްތިސާދީ ހުރިހާ މިނިސްޓްރީއެއް އޮތީ ކޯލިޝަންގެ އެހެން ޕާޓީތަކުގެ އަތުގައި ކަމަށެވެ. 

"އެމްޑީޕީގެ ސަރުކާރެއްގައި، އަޅުގަނޑު މިކުރާ ސުވާލަކީ އިގްތިސާދީ ހުރިހާ މިނިސްޓްރީއެއް އޮތީ ކޯލިޝަންގަ. އެއިން ކޯލިޝަންގެ އިސްފަރާތަކުން މި މަޖިލީހަށް މި ބަހުސްގައި ވަޑައިގެންނެވިތަކެއް އަޅުގަނޑު ނުދެކެން. ފިޝަރީޒް މިނިސްޓްރީ އެމްއާރްއެމްގަ. ޓޫރިޒަމް މިނިސްޓްރީ ޖޭޕީގަ. ޓްރާންސްޕޯޓް މިނިސްޓްރީ ޖޭޕީގަ. ދެން ސަރުކާރުގެ އާމްދަނީއެއް ވަންނަންޏާ ވަންނަންހުރި ހުރިހާ މިނިސްޓްރީއެއް ހުރީ ކޯލިޝަންގަ. އެމްޑީޕީން ވަކާލާތު ކުރަނީ އެމްޑީޕީގެ ސަރުކާރެކޭ."

ސައީދު ވިދާޅުވީ ބަޖެޓްގައި ނޫ އިގްތިސާދަށް އޮތީ 200 އެއްހާ މިލިއަން ރުފިޔާ ކަމަށެވެ. އަދި އޮފްޝޯ ޕްލެޓް ފޯމާއި ގޭދޮށު މަސްފެކްޓްރީ ކޮބައިތޯ ސައީދު ސުވާލު އުފެއްދެވި އެވެ.

"އެންމެ 6 މިލިއަން ރުފިޔާއިން ކޮން ގޭދޮށު މަސްފެކްޓްރީއެއްތޯ އެޅޭނީ"

ސައީދު ވިދާޅުވީ އެމްޑީޕީން ޖަޒީރާ ދިރިއުޅުން ކިޔުމަށްފަހު މާލެ ސަރަހައްދަށް ބަޖެޓުގެ 89 އިންސައްތަ ޖަހާފަ އެބައޮތް ކަމަށެވެ. 

ރައްޔިތުން ތިބީ އަނގަޔާ އަތާ ދިމާނުވެފަައި ކަމަށާއި، ނޫ އިގްތިސާދުގެ ވާހަކަ ދައްކަން އެމްޑީޕީ ލަދުގަންނަންޖެހޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި އަންނަ އަހަރަކީ ޓީ ބިލްގެ އަހަރެއް ކަމަށާއި، އެކަމުގެ ސަބަބުން ކުދި ވިޔަފާރިތައް އިނދަޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް