ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިއަދު ބަޖެޓަށް ވޯޓަށް އަހަނީ
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމަށް މިއަދު ވޯޓަށް އަހާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

2021 ވަނަ އަހަރަށް ލަފާާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކޮށް މިއަދު ނިންމާލާފައިވެ އެވެ. 

އެގޮތުން ބަޖެޓް ދިރާސާ ރިޕޯޓަށް ވާހަކަ ދައްކަވާފައިވަނީ 37 މެމްބަރުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް ދިރާސާ ރިޕޯޓްގެ ބަހުސަށް 4 ގަޑިއިރާއި 7 މިނެޓް ހޭދަވި ކަމަށެވެ. އަދި ވިދާޅުވީ މިއަދު ބަޖެޓަށް ވޯޓަށް އަހާނެ ކަމަށެވެ. 

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓްގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރާއިރު، ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ އެވެ. އަދި ދައުލަތުގެ ދަރަނި އަދާކުރުމަށް 1.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެބަޖެޓްގައި ޑެފިސިޓް ވާނެ ކަމަށް ލަފާކުރަނީ 15.5 ބިލިއަން ރުފިޔާ އެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާފައިވަނީ މިހާރު ހުށަހަޅާފައިވާ ބަޖެޓަށް 200 މިލިއަން ރުފިޔާ އިތުރުކޮށް 34.9 ބިލިއަން ރުފިޔާއަށް ބަޖެޓް އިތުރު ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް