ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ބަޖެޓް 2021: 34.9 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި
ކުރިއަށް އޮތް 2021 ވަަނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބަޖެޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 68 މެމްބަރުންގެ ވޯޓުންނެވެ. އަދި ބަޖެޓް ފާސްކުރުމާއި ދެކޮޅަށް އެއް މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ. 

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓްގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރާއިރު، ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ އެވެ. އަދި ދައުލަތުގެ ދަރަނި އަދާކުރުމަށް 1.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެބަޖެޓްގައި ޑެފިސިޓް ވާނެ ކަމަށް ލަފާކުރަނީ 15.5 ބިލިއަން ރުފިޔާ އެވެ. 

އެހެން ނަމަވެސް ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ނިންމާފައިވަނީ ފިނޭންސް މިނިސްޓްރީން ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް 134،996،448 (ސަތޭކަ ތިރީސް ހަތަރު މިލިއަން ނުވަސަތޭކަ ހަހާސް ހަތަރު ސަތޭކަ ސާޅީސްއަށެއް) ރުފިޔާ އިތުރު ކުރުމަށެވެ. 

އެގޮތަށް އިތުރުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވަނީ ޖުމުލަ 34،922،716،599 (ތިރީސް ހަތަރު ބިލިއަން ނުވަސަތޭކަ ބާވީސް މިލިއަން ހަތްސަތޭކަ ސޯޅަހާސް ފަސްސަތޭކަ ނުވަދިހަ ނުވައެއް) ރުފިޔާއަށް އިތުރުވެފަ އެވެ. 

މިއާއި އެކު ބަޖެޓްގައި މިހާރު އާމްދަނީ އަންދާޒާ ކުރާ މިންވަރު 17.8 ބިލިއަން ރުފިޔާއިން 21.2 ބިލިއަން ރުފިޔާއަށް ވަނީ އިތުރު ވެފަ އެވެ. އަދި އޮފީސްތަކުގެ ޑޮމެސްޓިކް ހަރަދުތަކަށް 209 މިލިއަން ރުފިޔާގެ ދަށްވުމެއް ގެނެސްފައިވާއިރު ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 135 މިލިއަން ރުފިޔާގެ އިތުރުވުމެއް ގެނެސްފައިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް