އެކަމާއި ގުޅޭގޮތުން ހައިކޯޓުން ބުނެފައިވަނީ އިންސްޓަގްރާމް އެކައުންޓެއް ހުޅުވުމަށް ނިންމާފައިވަނީ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ނިންމައިގެން ކަމަށެވެ.
އަދި އެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ހައިކޯޓުގެ އިދާރީ ހިންގުމާއި ހައިކޯޓާ ބެހޭ މައުލޫމާތުތައް ފޮޓޯ އަދި ވީޑިއޯ މެދުވެރިކޮށް އާއްމުންނަށް ފެންނާނޭހެން ހުޅުވާލެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.