ads
ފަތުރުވެރިންތަކެއް ރާއްޖެއަށް އައުން-- ފޮޓޯ: އަވަސް
ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 70،000 ފަތުރުވެރިން
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 70،000 އަށް ވުރެ އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 15 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން މި މަހުގެ 28 އާއި ހަމައަށް 72،623 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، މި އަހަރުގެ މިހާތަނަށް 455،470 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

ބޯޑަރު ހުޅުވާލި ފަހުން މަހުން މަހަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ އިރު، މިމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 30،000 އަށް ވުރެ އިތުރުވެފަ އެވެ. އެގޮތުން މި މަހުގެ މިހާތަނަށް 32،241 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ.

މި މަހު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 28 ވަނަ ދުވަހުގައެވެ. އެގޮތުން މި މަހުގެ 28 ވަނަ ދުވަހު 2،266 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ދައްކާ އިރު، މި މަހުގެ 22 ވަނަ ދުވަހު އެކަނިވެސް 2،195 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އައިސްފައިވާ އިރު، ކުރިއަށް އޮތް މަހުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެ އެވެ.

ދާދިފަހުން ރާއްޖެއަށް ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވާޑް ކަމަށްވާ "ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލް" ގެ އެވާޑް ލިބިފައިވާ އިރު، އެ އެވާޑް ލިބުމުގެ ސަބަބުން އަންނަ އަހަރަކީ ކާމިޔާބު އަހަރަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް