ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ވީއައިއޭ އެއާޕޯޓަކީ ހިލޭ އެޅެން އޮތް ތަނެއް: ނަޝީދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ބޮޑެތި ލޯނުތަކެއް ނަގާފައި އޮތްނަމަވެސް ހަގީގަތުގައި އެއީ ހިލޭ އެޅެން އޮތްތަނެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރަން ނެގި ކޮމިޓީން އެކުލަވައިލި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރެއްވި އިރުއެވެ. 

ރިޕޯޓަށް ބަހުސްކުރެއްވި ވަގުތު "ވެގެންއުޅޭގޮތް" މެމްބަރުންނަށް ސާފުކޮށްދެއްވަން ކަމަށް ވިދާޅުވެ ނަޝީދު ވަނީ ބޭރުގެ ބޭންކުތަކަށް ރާއްޖެ އިން އަންނަ އަހަރު ފައިސާ ދައްކަން ޖެހޭ ލޯނުތަކުގެ ލިސްޓެއް ވިދަޅުވެފަ އެވެ. އެއަށް ފަހު ނަޝީދު ވިދާޅުވީ، އެލިސްޓުގައި ވާގޮތުން އަންނަ އަހަރު ރާއްޖެއިން ލޯނުތަކަށް 3.6 ބިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. 

މިހެން ވިދާޅުވުމަށްފަހު ރައީސް ނަޝީދުގެ ވާހަކަފުޅު އަމާޒުކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށްދިން ވާހަކައަށެވެ. އެގޮތުން ނަޝީދު ވިދާޅުވީ، "ވެލާނާ އޭ ކިޔާ" އިންޓަނޭޝަނަލް އެއާޕޯޓަކީ ހިލޭ އެޅެން އޮތް ތަނެއްކަން މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، 25 އަހަރުގެ މުއްދަތަށް ބަޔަކު ހަދާފައި ހިންގުމަށްފަހު އަލުން ހަވާލުކުރާޙާ ދުވަސް މިހާރު ވެއްޖެ ކަމަށެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރަށް 35 އަހަރުގެ މުއްދަތަކަށް ކުއްޔަށްދިނީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް ނަޝީދު ރައީސްކަމުން އިސްތިއުފާދެއްވުމަށްފަހު ރައީސް ވަހީދުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ އެއާޕޯޓު ޖީއެމްއާރަށް ކުއްޔަށްދިން އެގްރީމެންޓް ބާތިލުކޮށްފަ އެވެ. އެ އެއްބަސްވުން ބާތިލުކުރުމާއި ގުޅިގެން ރައީސް ޔާމީންގެ ވެރިކަމުގައި ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު ވަނީ ދައްކާފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް