މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މެމްބަރުން، ބްރޯޑްކާސްޓިން ކޮމިޝަންއަށް ވަޑައިގެން އެކޮމިޝަންގެ މެމްބަރުންނާއި ބައްދަލުކުރައްވާފައި ވަނީ މިއަދުއެވެ.
ބްރޯޑްކޮމްއިން ބުނީ، މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމީގެ މެމްބަރުން، އެކޮމިޝަނަށް ކުރެއްވި ޒިޔާރަތުގައި، ކޮމިޝަންގެ މަސައްކަތްތަށް ކުރިއަށްދާގޮތާއި މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށެވެ.
އަދި ބްރޯޑްކާސްޓިން ކޮމިޝަނަރާއި ބައްދަލުކުރައްވައި، ބްރޯޑްކޮމްގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށްވެސް ބްރޯޑްކޮމްއިން މައުލޫމާތުދެއެވެ.