ads
ވީއާރު ކެފޭ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް
ވީއާރަށް ހާއްސަ ކެފޭއެއް ފުރަތަމަ ފަހަރަށް ހުޅުވައިފި
ފުރަތަމަ ފަހަރަށް ރާއްޖޭގައި ވާޗުއަލް ރިއަލިޓީ ކެފޭ އެއް ހުޅުވައިފި އެވެ.

"ހާފް ޓޯން މޯލްޑިވްސް" އިން އިއްޔެ "ވީއާރު ކެފޭ" ގެ ނަމުގައި ހުޅުވި މި ވާޗުއަލް ރިއަލިޓީ ކެފޭ ހުޅުވައިދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ.

ވީއާރު ކެފޭ ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު މަހްލޫފް ވަނީ ރާއްޖޭގައި ވާޗުއަލް ރިއަލިޓީ ޓެކްނޮލޮޖީ ފުޅާކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލި އަޅުއްވާލައިފަ އެވެ. އެގޮތުން ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ ކުރި އެރުމާއި މި ޓެކްނޮލޮޖީ ގުޅިފައިވާކަން ފާހަގަކުރައްވައި، މަހްލޫފް ވަނީ މަސްތުވާތަކެތީގެ ބަދަލުގައި ޒުވާނުން މިފަދަ އީޖާދުތަކަށް އަހުލުވެރިވުމަށް ގޮވައިލައްވާފަ އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ވާޗުއަލް ރިއަލިޓީ ކެފޭ، ވީއާރު ކެފޭގައި އެކި އުމުރުފުރާތަކަށް ހާއްސަ ގޭމްތައް ކުޅުމަށް ކެފޭގެ އެތެރެ ހާއްސަ ކުރެވިފައިވާ އިރު، ކެފޭގެ ބޭރުބައި ވަނީ ޑައިނިން އަށް ހާއްސަ ކުރެވިފަ އެވެ.

ކެފޭ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެ ކެފޭގެ ޕާޓްނަރުގެ ގޮތުގައި މިނީ މޮންސްޓާ އަދި ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ކެފޭގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސާފައި ވަނީ މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް