ads
ވެންޓިލޭޓަރު މައްސަލަ: ދައުވާކުރުން ލަސްވާތީ ކަންބޮޑުވުން!
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރުން ލަސްވާތީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މިއަދުގެ ބަހުސްތަކުގައި ވެސް ކޮވިޑް-19 އާއި ގުޅުގެން ރާއްޖެއަށް ގެނައުމަށް ނިންމި ވެންޓިލޭޓަރުތަކުގެ މައްސަލަ ބައެއް މެމްބަރުން ފާހަގަކުރައްވާފައިވާ ކަމަށެވެ.

ވެންޓިލޭޓަރު މައްސަލައިގައި އަދިވެސް ދައުވާ ނުކުރާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އޭސީސީން ރިޕޯޓެއް ލިބުމުން ދައުވާ ކުރައްވާނޭ ކަމަށް ޕީޖީ ހުސައިން ޝަމީމް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވިދާޅުވި ކަމަށެވެ. 

"ދެން ޕްރޮސިކިއުޓާ ޖެނެރަލް އަމިއްލަފުޅަށް ދައުވާ ކުރެއްވުމާއި ނުކުރެއްވުން ނިންމަވަން އޮންނަނީ. އެހެންނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ ދައުވާ ކުރެއްވުމުގައި ވަކިވަކި ބޭފުޅުންނަށް ވަކިވަކި ގޮތްގޮތް ވާގޮތަށް ދައުވާތައް ކުރެވިގެންދާތަން އަޅުގަނޑުމެނަށް ފެންނަކަމަށް ވަނީވިއްޔާ އެއީ ވަރަށް ކަންބޮޑުވާނެ ކަމެއް."

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކޮށް ގިނަދުވަސް ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލައަކީ "ކަނޑައެޅިގެން ވައްކަން ފެންނަން" އޮތް މައްސަލައެއް ކަމަށެވެ. އަދި އެކަމުގައި ދައުވާ ނުކޮށް ގިނަދުވަސް ވާތީ ވަރަށް ކަންބޮޑުވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކޮށް ލަސްވުމަކީ މަޖިލިސް ކަންބޮޑުވާނޭ ކަމެއްކަން ޕީޖީ އަށް އިނގިވަޑައިގަންނަވަން ވާނޭ ކަމަށެވެ.  

ވެންޓިލޭޓަރުގެ މައްސަލައިގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގެން 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް އެދި އޭސީސީން މައްސަލަ ޕީޖީއަށް ފޮނުވި އެވެ. އެކަމުގައި ޕީޖީން އެފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުމުން ޖުޑިޝަރީ ކޮމިޓީން އެކަން ބެލުމަށްފަހު ނިންމާފައިވަނީ ތިން ހުށަހެޅުމެއް ޕީޖީއަށް ހުށަހެޅުމަށެވެ. 

އެ ތިން ހުށަހެޅުމަކީ، ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގައި ހުރި މި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ލަފާއެރުވުމާއި، ކޮމިޓީގެ ފުރަތަމަ ހުށަހެޅުމުގައި ވާގޮތަށް އަމަލު ކުރުމާއެކު، މި މައްސަލަ އަލުން މުރާޖައާ ކުރުމަށް ޕީޖީއަށް ލަފާއެރުވުމާއި، މި މައްސަލަ އަލުން މުރާޖައާ ކުރުމާ މެދު ޕީޖީ އޮފީހުން ނިންމަވާ ގޮތެއް، ޖުޑީޝަރީ ކޮމިޓީއަށް އެންގުމަށް ދެންނެވުމެވެ. އެހެން ނަމަވެސް އެ މައްސަލައިގައި އަދިވެސް ވަކި ގޮތެއް ޕީޖީން ނިންމާފައެއްނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް