ads
ޑރ. ޖަމީލް--
ބޮޑެތި ލުއިތަކެއް ދިނުމަކީ އިންސާފު ގާއިމްކުރަން ނޫޅޭކަމުގެ ހެއްކެތް: ޖަމީލް
ރައްޔިތުންގެ ބައިތުލްމާލަށް ބޮޑެތި ގެއްލުންތަކެއް ދިން ބަޔަކަށް ބޮޑެތި ލުއިތަކެއް ދިނުމަކީ ބޮޑު ގޯހެއް ކަމަށާއި، މިހުރިހާ ކަމަކުންވެސް ދޭހަވަނީ އިންސާފު ގާއިމްކުރަން ނޫޅޭކަން ކަމަށް ކުރީގެ ނައީބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކޮށްފައިވާ 32 ދައުވާއަށް އޭނާ އިއުތިރާފުވުމުން، 11 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އިއްވުމުންނެވެ. 

އެ 32 ދައުވާތަކުގައި ޒިޔަތު ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ ފައިސާގެ އަދަދު 781 މިލިއަން ރުފިޔާއަށް އަރާއިރު، ދައުވާތަކަށް ޒިޔަތު އިއުތިރާފުވީ ދައުލަތާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. 

މިކަމަށް އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވީ، ރައްޔިތުންގެ ބައިތުލްމާލަށް ގެއްލުންދިން ބަޔަކަށް މިފަދަ ބޮޑެތި ލުއިތަކެއް ދިނުމަކީ ބޮޑު ގޯހެއް ކަމަށާއި، އިންސާފު ގާއިމްކުރަން ނޫޅޭކަން މިހުރިހާ ކަމަކުން ޔަގީންވާ ކަމަށެވެ. 

މީގެއިތުރުން އެމްއެމްޕީއާރުސީ މައްސަލާގައި ކުރީގެ ނައީބުރައީސް އަހުމަދު އަދީބުއަށް 20 އަހަރުގެ ޖަލުހުކުމެއް އިއްވުމަށްފަހު އެމަނިކުފާނު ސިއްހީ ސަބަބާއި ގުޅިގެން އެމަނިކުފާނު ގެއައް ބަދަލުކޮށްފައިވާ މައްސަލައަށްވެސް ޑރ ޖަމީލް ވަނީ އިޝާރާތް ކުރައްވާފައެވެ. އެގޮތުން ޑރ. ޖަމީލް ވިދާޅުވީ، ނަމެއްގައި ދައުވާ އުފުލައި ހުކުމްކުރާއިރު، ޖަލު ހުކުމް ހޭދަކުރަނީ ކޮންތަނެއްގައިކަން އެބައެނގޭ ކަމަށެވެ. 

ރައީސް ޔާމިންގެ ގާނޫނީ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ޑރ ޖަމީމް ވިދާޅުވީ، މިއީ ހީލަތްތެރި ގޮތެއްގައި، ދައުލަތުން ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް އުފެއްދުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމު ކިލަނބުވެ އިތުބާރު ގެއްލިފައިވާ މިންވަރު އަދީބާއި ޒިޔަތުގެ ޝަރީއަތްތަކުން ހާމަވެގެން ހިނގައްޖެކަމަށް ވިދާޅުވެ ޑރ. ޖަމީލް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. 

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުން އަދި މަނީ ލޯންޑްރިިންގެ ކުށުގެ ދައުވާގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހެކި އުފައްދަން މަސައްކަތް ކުރާކަމުގެ ތުހުމަތު މީގެކުރިންވެސް ޑރ. ޖަމީލް ވަނީ ކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް