ads
ޓީޓީއެމް ފެއާ އެއްގެ ތެރެއިން..
އަންނަ އަހަރުގެ ޓީޓީއެމް ފެއާ މާޗް މަހުގައި
ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު ޓްރެވަލް ފެއާ ކަމަށްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އަންނަ އަހަރުގެ މާޗް މަހު ބާއްވަން ނިންމައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ ޓީޓީއެމް ފެއާ ވާޗުއަލްކޮށް ގެންގޮސްފައިވީ ނަމަވެސް، އަންނަ އަހަރުގެ ޓީޓީއެމް ފެއާ ކުރިއަށް ދާނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ކަމަށް ޓީޓީއެމް ފެއާ އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެ އެވެ.

ޓީޓީއެމް ފެއާ އަންނަ އަހަރުގެ މާޗް މަހު 22 އިން 24 އަށް ކުރިއަށް ގެންދާއިރު، އަންނަ އަހަރުގެ ފެއާ ގައި ފޭސް ޓު ފޭސް ކޮށް ބާއްވާ ބައްދަލުވުންތަކާއި ވާޗުއަލް ބައްދަލުވުންތައްވެސް ކުރިއަށްދާނެ އެވެ.

މި އަހަރު ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ޓީޓީއެމް ފެއާގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިތުރު ބޭފުޅުން ވާހަކަފުޅު ދައްކަވާފައިވެ އެވެ.

ޓީޓީއެމް ކަނެކްޓް ސޮފްޓްވެއާ މެދުވެރިކޮށް މި އަހަރުގެ ޓީޓީއެމް ފެއާ ކުރިއަށް ގެންގޮސްފައިވާ އިރު، އެ ފެއާގައި 150 ރިސޯޓާއި ހޮޓެލްތަކުންނާއި 200 އޮޕަރޭޓަރުން ބައިވެރިވެފައިވެ އެވެ.

އަހަރަކު އެއްފަހަރު ކުރިއަށް ގެންދާ ޓީޓީއެމް ފެއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް