ads
ހިޔާ މަޝްރޫއުގެ ފްލެޓުތަކެއް-- ފޮޓޯ: ސީއެންއެމް
ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީ، ފްލެޓްތަކުގެ ވަގުތީ ލިސްޓު އާންމުކޮށްފި
އެޗް7 ނުވަތަ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީން، ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި އެވެ.

"ހިޔާ" މަޝްރޫޢުގެ ދަށުން އެޗް7 ނުވަތަ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީ ހާއްސަ ކޮށްފައިވަނީ 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށެވެ.

ރައީސް އޮފީހުން އެ ކެޓަގަރީގެ ވަގިތީ ލިސްޓު މިހާރު އާއްމުކޮށްފައިވާއިރު އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައެޅިފައިވާނީ މައިގަނޑު ހަ  ޝަރުތުތަކަށް ބެލުމަށްފަހުއެވެ. އެގޮތުން އެ ކެޓަގަރީއަށް ފޯމު ހުށަހެޅާ މީހަކީ ފޯމު ހުށަހަޅާ ތާރީޚާ ހަމައަށް މީލާދީގޮތުން 18 އަހަރު ފުރި، 30 އެޕްރީލް 2018 އަށް މީލާދީގޮތުން 41 އަހަރު ފުރިފައިނުވާ ދިވެއްސަކަށް ވާންޖެހެއެވެ. 

އަދި ފޯމު ހުށަހަޅާ ތާރީހުގައި ކައިވެންޏެއްކޮށްގެން އުޅޭ ފަރާތަކަށްވުމާއި ފޯމުގައި ހިމެނޭ ޖުމްލަ އާމްދަނީއަށް މަހަކު 7000 ރުފިޔާ ލިބުމުގެ އިތުރުން މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި މާލެ ހުޅުމާލެ ނުވަތަ ވިލިމާލޭގައި ފްލެޓަށް އެދޭމީހާ ނުވަތަ ފްލެޓަށް އެދޭ ދެމަފިރިން ކުރެ އެކަކު ވަޒީފާ އަދާކުރުން ނުވަތަ، އެދެމަފިރިންގެ ދަރިން މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި ފްލެޓަށް އެދޭ މީހާ ކ. އަތޮޅު އެއްވެސް ރަށެއް ނުވަތަ ރިސޯޓެއްގައި ވަޒީފާ އަދާކުރުން ޝަރުތުކޮށްފައިވެއެވެ.

އަދި މާލެއިން 600 އަކަފޫޓު ނުވަތަ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް، ފްލެޓެއް ނުވަތަ ރޯހައުސެއް ލިބިފައިވާ ފަރާތެއްކަމުގައި ނުވުންވެސް ޝަރުތުކޮށްފައިވެއެވެ. 

ރައީސް އޮފީހުން ބުނީ "ހިޔާ" މަޝްރޫޢުގެ H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓު 1 އަދި ލިސްޓު 2 މިހާރު އާއްމުކޮށްފައިވާނެ ކަމަށާއި އަދި ޝަރުތުހަމަނުވާ ފަރާތްތަކުގެ ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު ވަގުތީ ލިސްޓުވެސް އާންމުކުރެވިފައިވާނެ ކަމަށެވެ. އޭގެ އިތުރުން އެ ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވެސްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. 

"ހިޔާ" މަޝްރޫއުގެ H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދުން ފެށިގެން ޑިސެންބަރު 13 ވަނަ ދުވަހުގެ 15:00 ނިޔަލަށް ރައީސް އޮފީހުން މިހާރު ވަނީ ހުޅުވާލާފައެވެ. އެހެންކަމުން ހިޔާ ކޮމްލެއިން ޕޯޓަލް މެދުވެރިކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ރައީސް އޮފީހުން ވަނީ އެދިފައެވެ. ރައީސް އޮފީހުން ބުނީ "ހިޔާ" މަޝްރޫއުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި އެޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިއާޔަތްކުރާނެ ކަމަށެވެ.

އޭގެއިތުރުން "ހިޔާ" މަޝްރޫއުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ކެޓަގެރީތަކުގެ ވެސް ވަގުތީ ލިސްޓް އިޢުއުލާންކުރެވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް