ads
މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފުލުހުން
މާލީ މުއާމަލާތުގެ ކުށްތައް މަދުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
އިންޓަރޕޯލް ސެކިއުއާ އިންފޮމޭޝަން ނެޓްވޯކްގެ އެކްސެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓަށް ދިނުމުގެ އެއްބަސްވުމުގައި އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލޭގެެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ. އެމްއެމްއޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ ފައިނޭޝަނަލް އިންޓެލިޖެންސްގެ ހެޑް އިބްރާހިމް ނާސީރު އެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އިންޓަޕޯލް އެން.ސީ.ބީގެ މަސައްކަތްތައް ފުޅާކޮށް ބައިނަލްއަގްވާމީ ގޮތުން ރާއްޖެއިން އިންޓަޕޯލްއާ ގުޅިގެން ކުރާ މަސައްކަތްތައް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. 

އަދި ޓްރާންސްނޭޝަނަލް ކްރައިމްސްގެ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިންޓަޕޯލްގެ ފަރާތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަންދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 

އެމްއެމްއޭގެ ފަރާތުން ރަސްމިއްުޔާތުގައި ވާހަކަ ދައްކަވަމުން ފައިނޭޝަނަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް އިބްރާހިމް އަހްމަދު ނަސީރު ވަނީ އެ އެއްބަސްވުމުގެ ދަށުން އެފް.އައި.ޔޫ އަށް އިންޓަޕޯލްގެ ޑޭޓާބޭސްތަކަށް އެކްސެސް ލިބިގެންދިޔުމަކީ އެފް.އައި.ޔޫގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަމެއްކަން ފާހަގަކުރައްވާފަ އެވެ. 

އަދި އެފް.އައި.ޔޫ އިން މިހާރުވެސް ފުލުހުންނާއެކު ވަރަށް ގާތްކޮށް މަސައްކަތްކުރަމުން ގެންދާކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ގާބިލްކަން އިތުރުކުމަށް އިސްކަމެއް ދެއްވާނެކަން ފާހަގަކުރައްވާ ނަސީރު ވަނީ އިންޓަޕޯލްގެ ޑޭޓާބޭސްތަކާއި ރިސޯސްތަކުގެ އެކްސެސް ހަމަޖައްސައި ދިނުމުގައި ސީޕީ ހަމީދުކުރާ މަަސައްކަތް ފާހަގަކުރައްވާފަ އެވެ. 

އެންސީބީ މާލެ އާއި އެމްއެމްގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތްތަކާ ގުޅުންހުރި ދާއިރާއިން، އިންޓަޕޯލްގެ އެކިއެކި ކްރިމިނަލް އިންފޮމޭޝަން ޑޭޓާބޭސްތަކާއި ލޯއެންފޯސްމަންޓް ކޭޕެބިލިޓީސް އަދި ޓޫލްސްގެ ބޭނުންކުރެވޭނެ ގޮތް މަގުފަހިވެގެންދާނެ އެވެ. އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބުމަށާއި އެކިއެކި ފައިނޭންޝަލް ކްރައިމްސް، މަނީލޯންޑަރިން އަދި ޓެރަރިޒަމް ފައިނޭންސިންގެ މައްސަލަތަކުގައި އެފް.އައި.ޔޫ އަށް އިންޓަރޕޯލްގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް