ads
ހިޔާ މަޝްރޫއުގެ ފްލެޓުތަކެއް-- ފޮޓޯ: ސީއެންއެމް
"ކޮތަރު ކޮށި"އިން ޖަމިއްޔާއެއް ރަޖިސްޓަރީކޮށްފި
ހިޔާ މަޝްރޫއުގައި ފްލެޓް ލިބުނު މީހުންގެ ހައްގު ހޯދަން "ކޮތަރު ކޮށި" ނަމުގައި ސޯޝަލް މީޑިއާގައި އަޑުއުފުލަން ފެށި ޓީމުން ޖަމިއްޔާއެއް ރަޖިސްޓަރީކޮށްފިއެވެ.

ޖަމިއްޔާ ރަޖިސްޓަރީކޮއްފައިވަނީ "އާއްމުންގެ އެކުވެރި ގުޅުން" ނަމުގަ އެވެ. ޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި ހިޔާ މަޝްރޫއުގެ 7،000 ފްލެޓު ޔާމީންގެ ސަރުކާރުގައި ލިބުނު މީހުންގެ އިތުރުން މި ސަރުކާރުން ފޯމުތައް އަލުން އިވެލުއޭޓްކޮށް އެކުލަވައިލި ލިސްޓާއެކު ފްލެޓު ނުލިބުނު މީހުން ވެސް ހިމެނެ އެވެ. މި ޖަމިއްޔާގެ ހަރަކާތްތައް ފުޅާކޮށް، ބޯހިޔާވަހިކަމުގެ ހައްގާއި އިޖުތިމާއީ އެހެން މައްސަލަތަކާ މެދު އަޑުއުފުލަން ވަނީ ނިންމައިފައިފަ އެވެ.

ހިޔާ މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ ލިސްޓު، ރައީސް ޔާމީންގެ ސަރުކާރުން އާއްމުކޮށްފައި ވަނިކޮށް، މި ސަރުކާރުން އެ ލިސްޓު ގަބޫލުނުކޮށް 12 ކެޓަގަރީން އާ ލިސްޓުތަކެއް ނެރުމުން ޖަމިއްޔާގެ ޓީމުން ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ. ޔާމީންގެ ސަރުކާރުގައި ފްލެޓު ލިބި، މި ސަރުކާރުގެ ލިސްޓާ އެކު ފްލެޓު ގެއްލުނު މީހުންގެ ޝުއޫރުތައް ވެސް ގެނެސްދިނެވެ.

މާކްސް ދޭނެ ވަކި ކްރައިޓީރިއާއެއް އިއުލާންކޮށްފައި އޮތަސް އެ ކްރައިޓީރިއާގައި ހިމެނި ދިރިއުޅުމުގެ ހާލަތުގެ ބައިން މާކްސް ދީފައިވާ ގޮތާ މެދު މި ޖަމީއާއިން ވަނީ ސުވާލު އުފައްދައިފައެވެ. ގޭގެ އަށް ނުގޮސް ދިރިއުޅުމުގެ ހާލަތުގެ ބައިން ޕޮއިންޓް ދިން ގޮތާ މެދު ގިނަ ބަޔަކު ޝަކުވާކުރެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފްލެޓު ދިނީ އެންމެ ހައްގުވެރިންނަށް ކަމަށާއި އެ މީހުންގެ އަތުން ފްލެޓު އަތުލުމަކީ ބޭއިންސާފެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މި ޖަމިއްޔާ އުފެދުމުން ޑރ. މުއިއްޒު ވަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަން ހިތްވަރު ދެއްވައި، އެ ޖަމިއްޔާ އަށް މަރުހަބާ ވިދާޅުވެފަ އެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް