ads
ކުރިނބީގައި ހުޅުވި އައުޓްޑޯ ޖިމް... ފޮޓޯ/ ބީއެމްއެލް
ބީއެމްއެލް ކޮމިއުނިޓީ ފަނޑުގެ ދަށުން ކުރިނބީގައި އައުޓްޑޯ ޖީމްއެއް ހުޅުވައިފި
ބޭންކް އޮފް މޯލްޑިވްސްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ކުރިނބީގައި އައުޓްޑޯ ޖީމް އެއް ގާއިމުކޮށްފިއެވެ.

މި ޕްރޮޖެކްޓަކީ އާދަމް ޝަޒީމް އިސްނަގައިގެން އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ ކުރިނބީ ޔޫތް މޫވްމަންޓް އިން ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. އެގޮތުން ބީއެމްއެލްއިން ބުނީ، ޖިމްގައި ކަސްރަތު ކުރުމަށް ތަފާތު ހަތް އައުޓްޑޯ އިކުއިޕްމަންޓް އެކުލެވޭއިރު، އޭގެ ތެރެއިން ތިން މެޝިނަކީ ކޮމިއުނިޓީ ފަންޑުގެ އެހީގައި ފޯރުކޮށްދީފައިވާ ތަކެތި ކަމަށެވެ. 

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމްކުރެވުނު މި ޖިމަކީ ކުރިނބީގެ ކުދި ބޮޑު އެންމެންނަށް ވެސް ދުޅަހެޅޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުން ކުރެވޭނެ އިކުއިޕްމަންޓާއެކު ގާއިމް ކުރެވިފައިވާ ތަނެއް ކަމަށާއި، ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް އެކި ހަރަކާތްތައް ހިންގުމަކީ ބީއެމްއެލްގެ ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ބައިކަމަށެވެ. 

މި ޕްރޮޖެކްޓު އިސްނަގައިގެން ކުރިއަށްގެންދިޔަ އާދަމް ޝަޒީމް ބުނީ، މި މަސައްކަތް ކުރުމުގައި އަމާޒަކަށްވީ ހިތުގެ ބަލި، ޑައިބެޓިކްސް، ޕްރެޝަރު މަތިވުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް އަދި އަމިއްލައަށް ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރުމަށް އެހީވުން ކަމަށާއި، މިއީ ރަށުގެ ރައްޔިތުންނަށް ވަރަށް ހާއްސަ ޖިމް އަކަށް ވާނެކަމަށް އުއްމީދުކުރާ ކަމަށެވެ. 

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންނަށް، ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް