ads
ޑރ އާސިމް ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ..
ޑަބްލިއުޓީއޯއަށް ޑރ.އާސިމް ސަފީރުކަމުގެ ފަތްކޮޅު އަރުއްވައިފި
ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި މަނދޫބު، ޑރ. އާސިމް އަހުމަދު ސަފީރުކަމުގެ ފަތްކޮޅު އެ އޯގަނައިޒޭޝަންއަށް އަރުއްވައިފި އެވެ.

ޑރ އާސިމްގެ ސަފީރުކަމުގެ ފަތްކޮޅު އެރުއްވީ މިއަދު ސެންޓާ ވިލިއަމް ރެޕާޑްގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. ޑަބްލިއުޓީއޯގެ ފަރާތުން ފަތްކޮޅާއި ހަވާލުވެވަޑައިފަތީ އެ އޯގަނައިޒޭޝަންގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޒިއާއޯޒުން ޔީ އެވެ. 

ޑަބްލިއުޓީއޯ އަށް ދިވެހިރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަގާމަށް ޑރ. އާސިމް އަހުމަދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. 

ޑަބްލިއުޓީއޯ އަށް ދިވެހިރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަގާމަށް އައްޔަންކުރެއްވީ ޑރ. އާސިމަކީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރްކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބެވެ.

ޑރ. އާސިމް ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމު ފުރުއްވާފަ އެވެ. އަދި ޑރ. އާސިމް ވަނީ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރުގެ މަގާމް ވެސް ފުރުއްވާފަ އެވެ. 

އަދި އެމަނިކުފާނު ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަގާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ހިދުމަތް ވެސް ދެއްވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް