އޭގެ ނާޖާއިޒު ފައިދާ ނަގައި، ކޮންމެ ބަޔަކުވެސް ވެރިކަމުގައި ސިޔާސީ ގޮތުން އެކި މަންފާ ހޯދަމުންދާ އިރު، ރައްޔިތުން ތިބެންޖެހެނީ ބިކަހާލުގައެވެ. ނުވަތަ ހަނާވެފަ އެވެ. އެގޮތުން އެއްދުވަހަށްވުރެ އަނެއްދުވަހުގެ ހާލަތު އަންނަނީ ގޯސްވަމުންނެވެ.
ސިޔާސީ ޕާޓީތަކަށް ފުރުސަތު ދެވިއްޖެ އެވެ. މެޖޯރިޓީ ދެވިއްޖެ އެވެ. އެކި ބާރުތައް ދެވިފައިވާ އިރު، ވީކަމެއް ހަރާމެވެ. ރައްޔިތުން ވީހާލެއްގައި ވާން ދޫކޮށްލާ އިރު، އެ ސިޔާސީ ޕާޓީތަކުގެ ސަބަބުން ރޫޅުނީ ކިތައް އާއިލާތޯއެވެ؟ ގެއްލުނީ ކިތައް އެކުވެރިން ހެއްޔެވެ؟ ބޮޑު ދެގެރި ތަޅާ އުސޫލުން ސިޔާސީ ޕާޓީތައް ކޯޅޭއިރު، އޭގެ ސަބަބުން ގެއްލުންވި ރައްޔިތުންގެ ހައްގުތައް ކޮބައިހެއްޔެވެ؟