ads
ލަންކާ ސަރަހައްދުގައި އުފެދިފައިވާ ތޫފާން
ކޮޅިގަނޑު އަންނަނީ އިތުރަށް ބާރުގަދަ ވަމުން: މެޓް
ރާއްޖޭގެ އިރު ދެކުނުން ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވަމުން އަންނަ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އިން މައުލޫމާތުދެ އެވެ.

ނަމަވެސް ރާއްޖޭގެ އިރު ދެކުނުން ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑާއި، ތޫފާން "ބުރެވި" އާއި އެއްވެސް ގުޅުމެއް ނެތް ކަމަށް މެޓް އިން ވަނީ ސީއެންއެމަށް މައުލޫމާތުދީފަ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

އަދި ހުޅަނގާއި، ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވެ، އެއާއި އެކު ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އިން ލަފާކުރެ އެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން މެޓް އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ތޫފާން "ބުރެވި" މިހާރު ސްރީލަންކާގެ އިރުމަތީ އައްސޭރި ހުރަސްކޮށް އެއްގަމަށް އަރައިފައިވާ އިރު، އެ ތޫފާން ހުޅަނގު އުތުރަށް ދަތުރުކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކޮމޮރިންގެ ސަރަހައްދުތަކަށް ދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ލަންކާ ސަރަހައްދުގައި އުފެދުނު ތޫފާނު "ބުރެވި"ގެ އަސަރު ރާއްޖެއަށް ކުރަމުންދާތީ މެޓް އިން ވަނީ ހަވީރުން ފެށިގެން ކަނޑު ދަތުރުތައް ހުއްޓާލުމަށް އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް