ads
ވެމްކޯގެ ޗެއާމަން މުހައްމަދު އިބްރާހިމް މަނިކް-- ފޮޓޯ: ވެމްކޯ
ވެމްކޯގެ ޗެއާމަން ޕީސީބީގެ އެންގުމާ ކަނޑައެޅިގެން ހިލާފު ވެއްޖެ!
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ އެންގުމާއި ހިލާފަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ބޯޑު ބައްދަލުވުންތައް ޗެއާމަން މުހައްމަދު އިބްރާހިމް މަނިކު ބާއްވަމުން ގެންދަވާކަން ހާމަވެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީސީބް ވަނީ ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑްގެ މަަސައްކަތްތައް ހަމަމަގަށް އަޅުވައި، ވީހާވެސް އަވަހަށް ބޯޑްގެ ޖަލްސާތައް ބާއްވާ ނިންމަންޖެހޭ ކުންފުނީގެ މަސައްކަތްތައް ނިންމުމަށް އަންގާފަ އެވެ. އަދި އޮންލައިންކޮށް ބޯޑުގެ ބައްދަލުވުންތަކުގައި ޑިރެކްޓަރުންނަށް ބައިވެރިވެވޭނެ ކަމަށްވެސް ޕީސީބީން ވަނީ ވެމްކޯއަށް އަންގާފަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީސީބީން މިފަދަ އެންގުމެއް ވެމްކޯއަށް އަންގެން ޖެހުނީ ވެމްކޯގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން އެފަރާތްތަކުގެ ޝަކުވާތައް ޕީސީބީ އަށް ހުށަހެޅުމުންނެވެ. ވެމްކޯގެ ބޯޑު މެމްބަރުންތަކެއް ޕީސީބީއަށް ޝަކުވާތަކެއް ހުށަހަޅާފައިވަނީ، ކުންފުނީގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރުގެ ވިސްނުންފުޅާ އެއްގޮތަށް ބޯޑުން ކަމެއް ފާސްކުރަން މެޖޯރިޓީ ނުލިބުމުން އެ ބައްދަލުވުމަކީ ސައްހަ ބައްދަލުވުމެއް ނޫންކަމަށް ޗެއާމަން ވިދާޅުވި ހިސާބުންނެވެ. ޗެއާމަން އެގޮތަށް ވިދާޅުވެފައިވަނީ ބައްދަލުވުމުގައި ބޯޑުގެ މެމްބަރަކު ޓެލެކޮންފަރެންސް ކޮށް ބައިވެރިވެފައިވާތީ އެވެ.

މިކަމުގައި ޕީސީބީން ބުނެފައިވަނީ ކުންފުނީގެ ހިންގާ ޤަވައިދާ އެއްގޮތަށް ބޯޑުގެ ޖަލްސާތައް ބޭއްވުމަކީ ބޯޑުގެ ޗެއާމަންގެ ޒިންމާއެއްކަމަށެވެ. އަދި ބޯޑުން ހުއްދަދީގެން ޓެލެކޮންފަރެންސިން ވަސީލަތެއް މެދުވެރިކޮށް ބޯޑުގެ ޖަލްސާތަކުގައި ބައިވެރިވާ ބޯޑުގެ ކޮންމެ މެންބަރަކަށް ބޯޑުގެ ޖަލްސާގެ އެޖެންޑާގައި ހިމެނި މަޝްވަރާކުރާ ކަންކަމުގައި އެ ޑިރެކްޓަރަކަށް ފެންނަ ހިޔާލެއް ނުވަތަ ވާހަކައެއް ދެއްކުމާއި، ބޯޑަށް ހުށަހެޅޭ ކަންކަމުގައި ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީސީބީން މިގޮތަށް އެންގުމުންވެސް ވެމްކޯގެ ޗެއާމަން ވަނީ ބޯޑު ބައްދަލުވުމުގައި ޓެލެކޮންފަރެންސިން ވަސީލަތެއް މެދުވެރިކޮށް ބޯޑު މެމްބަރަކަށް ބައިވުރިވުމުގެ ފުރުސަތު ނުދީ ޕީސީބީގެ އެންގުމާއި ކަނޑައެޅިގެން ހިލާފުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް