ads
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)---
ސިވިލް ކޯޓްގެ ގާޒީ އަލީ އަބްދުﷲ ގެ މައްސަލައެއް ބަލަނީ
ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ގެ މައްސަލައެއް ބަލަން ނިންމައި، ތަހުގީގު ކޮމެޓީ އެކުލަވާލައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބޭއްވި އެ ކޮމިޝަނުގެ 91 ވަނަ ބައްދަލުވުމުގައި ދެ ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ނިންމާފައިވެ އެވެ. އޭގެ ތެރޭގައި ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ގެ އިތުރުން ގއ. ޖުޑީޝަލް ދާއިރާ ހިންގުމާއި ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް އިބްރާހިމް އިހުސާންގެ މައްސަލައެއް ހިމެނެ އެވެ.

އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލަން ތަހުގީގީ ކޮމިޓީއެއް އެކުލަވާލަން ނިންމިއިރު ޖޭއެސްސީން ބުނީ ގާޒީ އަލީ އަބްދުﷲ ގެ މައްސަލަ ބަލަމުން އަންނަނީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ވަގުތީ އަމުރާމެދު ގޮތެއް ނުނިންމައި އެކަށީގެންނުވާ މިންވަރަށް ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ މައްސަލަ ލަސްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ކަމަށެވެ.

އަދި ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި، ގއ.ޖުޑީޝަލް ދާއިރާ ހިންގުމާއި ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް އިބްރާޙީމް އިހްސާން، ޝަރީއަތް ކުރިއަށް ގެންދިޔުމުގައި ގާނޫނާ ހިލާފަށް އަމަލުކުރިކަމަށް ބުނާ މައްސަލައެއް ވެސް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް