ads
ޕްރިތީ--
ލޮކްޑައުންގައި ޕްރިތީ ދަނޑުވެރިކަން ކުރަނީ
ބޮލީވުޑުގައި ފިޔަ ޖަހާލި، ޕްރިތީ ޒިންތާ ބޮލީވުޑުގެ ފިލްމަކުން ނުފެންނަތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. ލޮސް އޭންޖަލްސްގައި މިވަގުތު ހުރި ޕްރިތީ މިވަނީ އެގައުމު ތިން ހަފުތާގެ ލޮކްޑައުނެއްގައި އޮތުމާއެކު ގޭގައި ދަނޑުވެރިކަން ކުރަން ފަށާފަ އެވެ.

އިންސްޓަގްރާމު މެދުވެރިކޮށް ޕްރިތީ އެކަން ހިއްސާކޮށް ބުނެފައި މިވަނީ އެލްއޭ މިވަގުތު ލޮކްޑައުނެއްގައި އޮތުމާއެކު އޭނާ އެންމެ ގަޔާވާ އެއް މަސައްކަތަށް އެނބުރި އައިސްފައިވާ ކަމަށެވެ.

ޕްރިތީ ހިއްސާކުރި ވީޑިއޯތަކުން އޭނާ ގަސް ހައްދާ ތަނުގައި ލުނބޯ ގަސް ވެސް ހުރި މަންޒަރު ފެނެ އެވެ. އެގޮތުން އެ ގަހުގައި ލުނބޯ އަޅާއި ފުރިފައި އޮތް މަންޒަރު ވެސް ފެނިގެންދެ އެވެ. އަދި ޓޮމާޓޯ ފަދަ އެއްޗެހި ވެސް ހައްދާފައިވެ އެވެ.

އެ ވީޑިއޯ ހިއްސާކޮށް ޕްރިތީ ވަނީ އެ ވީޑިއޯ ބެލުމަށް ފަހު، އޭނާގެ މަންމަ ވަރަށް ފަހުރުވެރިވާނެ ކަމަށާއި ސަބަބަކީ އެ މަަސައްކަތް ކުރަން އިންސްޕަޔާވީ މަންމަގެ ފަރާތުން ކަމަށް ބުނެފަ އެވެ. 

ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާ ޕްރިތީ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން އޭނާ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި 'ކަލް ހޯ ނަ ހޯ'، 'ކޮއި މިލް ގަޔާ'، 'ވީރް ޒާރާ'، އަދި 'ސޯލްޖާ' ފަދަ ފިލްމުތައް ހިމެނެއެވެ.

ޕްރިތީ އެންމެ ފަހުން ފެނިގެން ދިޔައީ "ބައްޔާޖީ ސުޕާހިޓް" އިންނެވެ. އެފިލްމު ނެރެފައިވަނީ 2018 ވަނަ އަހަރު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް