ads
ހައިކޯޓް--
ނޮވެންބަރު މަސް ނިމުނުއިރު ހައިކޯޓްގައި 792 މައްސަލައެއް ނުނިމި
ނޮވެމްބަރު މަސް ނިމުނު އިރު ހައިކޯޓްގައި 792 މައްސަލައެއް ނުނިމިހުރިކަމަށް އެ ކޯޓުން ބުނެފި އެވެ.

ހައިކޯޓްގެ ތަފާތު ހިސާބުތަކުން ދައްކާގޮތުގައި މިއަހަރު ނޮވެމްބަރު މަސް ނިމުނު އިރުގައި 296 މައްސަލައެއް ވަނީ ކޯޓައް ހުށަހަޅާފައެވެ. 

އޭގެ ތެރެއިން 95 މައްސަލައެއް ހުށަހަޅައިފައިވަނީ ކޮވިޑް19 ގެ ސަބަބުން އާންމުކޮށް ޝަރީއަތް ހިންގުން މެދުކަނޑާލައިފައިވާ މުއްދަތުގައެވެ. އަދި ޝަރީއަތް ހިންގުން މެދުކަނޑާލުމާ ހަމައައް 61 މައްސަލައެއް ކޯޓައް ވަނީ ހުށަހެޅިފައެވެ.

ޖުލައި މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް އެ ކޯޓައް 140 މައްސަލަ ހުށަހަޅާފައި ވެއެވެ. 

ހައިކޯޓް ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2020 ފެށުނުއިރުގައި 884 މައްސަލައެއް ނުނިމި ހުރިއެވެ. އަދި ނޮވެމްބަރު މަސް ނިމުނު އިރު ނުނިމި ހުރި މައްސަލަތަކުގެ އަދަދު ހުރީ 792 ގަ އެވެ. 

މިއަހަރު ތެރޭގައި ކޯޓުގައި ހިނގަމުންދާ ބޮޑެތި މައްސަލަތައް ހައި ކޯޓުން ވަނީ ރިސެސްގެ މުއްދަތުގައި ވެސް ޝަރީއަތް ހިންގުމަށް ނިންމާފައެވެ. ހައި ކޯޓުން ބުނީ މިފަދައިން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ އެކޯޓުގައި ނުނިމިހުރި މައްސަލަތައް މަދު ކުރުމަށްޓަކައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް