ads
ރާއްޖޭގައި ފަތުރުވެރިންތަކެއް--
ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދު 2500 އާ ގާތަށް
ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 2500 އާ ގާތް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ނޮވެމްބަރު މަހުގެ ތެރޭގައި ގާތްގަނޑަކަށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 2،299 ފަތުރުވެރިން ކޮންމެ ދުވަހަކު ވެސް އައެވެ. އެގޮތުން ސެޕްޓެމްބަރު މަހު ކޮންމެ ދުވަހަކު އައި ފަތުރުވެރިންގެ އަދަދު 696 ގައި ވާއިރު އޮކްޓޫބަރު މަހު އެ އަދަދުތައް އުޅުނީ 1475 ގަ އެވެ. 

އެ މައުލޫމާތަށް ބަލާއިރު މަހުން މަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. 

ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި އުޅުވާލުމާއެކު ރިސޯޓުތަކުން ހިދުމަތްދޭން ފެށިއިރު އޮކްޓޫބަރު މަހުގެ 15 ގައި ވަނީ ގެސްޓްހައުސްގެ ވިޔަފާރި ވެސް ހުޅުވާލާފަ އެވެ. މާލޭ ސަރަހައްދު ފިޔަވައި އަތޮޅު ތެރޭގެ ގެސްޓްހައުސްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހިދުމަތްދެމުން އަންނައިރު އަދި މާލޭގެ ގެސްޓްހައުސްތައް ހުޅުވޭނެ ދުވަހެއް ވެސް ނޭނގެ އެވެ. 

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުވެރިން އައި ގައުމުގެ ގޮތުގައި އޮތީ ރަޝިއާ އެވެ. އެގައުމުން އައި ފަތުރުވެރިންގެ އަދަދު 8581 ގައި އުޅޭއިރު ދެވަނައިގައި އިންޑިއާ އޮތީ 7610 ފަތުރުވެރިންނާއެކު އެވެ. އަދި ތިން ވަނައިގައި ޔުނައިޓެޑް ސްޓޭޓް އޮތީ 2093 ފަތުރުވެރިންނާއެކު އެވެ. ދެން އެ ލިސްޓުގައި ހިމެނޭ ގައުމުތަކަކީ ޔޫކޭ އާއި ޖަރުމަނާއި ޔޫކްރެއިން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބްރެޒިލް އަދި ސްވިޒްލޭންޑާއި ޗެކް ރިޕަބްލިކް އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް