ads
ވީޑިއޯ ރިޕޯޓް-
ކޮށިތަކަށް ވުރެ ކޮތަރު ގިނަވެއްޖެ!
"ގޯތިގެދޮރުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން، އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮޅުގައާއި، ކުދިކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިޚްތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުވައިދެވޭނެއެވެ. މާލޭގައި އެކަށީގެންވާ ވަރުގެ ބިމެއް އޮވެ، އިމާރާތްކުރާނެ ތަނަވަސްކަން ނެތިފައިވާ އާއިލާތައް ދެނެގަނެ، އެފަރާތްތަކަށް ލުއިފަސޭހަކޮށް ގެ އިމާރާތްކުރެވޭނެ މަގު ކޮށައިދެވޭނެއެވެ. މިގޮތުން އިސްކަންދޭ ފަރާތްތަކުގެ ތެރޭގައި އެކަނިވެރިމައިން ހިމެނޭނެއެވެ."

މިއީ ހަތަރު ލީޑަރުންގެ ކޯލިޝަން ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖޭގައި ޒަމާންތަކަކަށް ހައްލުނުވެ އޮތް ބޯހިޔާވަހިކަން ކަށަވަރު ކޯށްދޭނެ ކަމުގެ ޔަގީންކަމާއި އެކު މިހާރުގެ ސަރުކާރުން ވީހާ ވައުދެވެ. ވެފައިވާ ވައުދުތަކުގެ ފުރިހަމަ ކަމާއި މިއިން ކޮންމެ ވައުދަކީވެސް ރައްޔިތުން ނުހަނު ފެންބޮވައިގެންފައިވާ ކަމަކަށް ވީހިދު އޭރުގެ ސަރުކާރަށް "ނޯ" ޖަހައި މި ސަރުކާރަށް "ޔެސް" ޖުހުނު ސަބަބަކީ ވެސް ބޯހިޔާވަހިކަމެވެ. 

އުއްމީދާއިއެކު ތިމާ އުޅުނު ކުޑަކުޑަ އަލިފާން ފޮށިން ސަލާމަތްވެ ހަމަޖެހުމުގެ ނޭވާއެއް ލިބޭނެ ބޯހިޔާވަހިކަމެއް ހޯދުމުގެ އުންމީދުގައި ސަރުކާރަށް "ޔެސް" ޖެހީ އޭރުގެ ސަރުކާރުން އެޔޮށްވަރުން ހުޅުމާލޭ ކޮޅުން ބިމެއް ހިއްކާގެން ބޮޑު އުސް ނަލަ ކުލަބަރީގެ އިމާރާތެއް އެ ރައްޔިތުންނަށްޓަކައި ހަދިޔާ ކުރަން ތައްޔާރުވެފައި އޮށްވައެވެ.

މހާރުގެ ސަރުކާރުން ދެއްކި ނަލަ ރީތި ހުވަފެންތަކާއި އެ "އެކުލަބަރި އިމާރާތް"ވެސް ރައްޔިތުންނަށް ނުފެނުއިރު މިހާރުގެ ސަރުކާރުން ރައްޔިތުންނަށްވީ ވަރުގަދަ ވައުދު ފުއްދަން އެންމެ ފުރަތަމަ ކަޅި ހުއްޓުނީވެސް އެ ކުލަބަރި އުސް އިމާރާތެށެވެ. އެހެންނަމަވެސް މި ސަރުކާރަށް ދެއަހަރު ވެގެން ދިޔައިރުވެސް އެތަނުް ރައްޔިތުންނަށް ފިލާކޮޅެއް ހާ ހިސާބުވެސް ރައްޔިތުންނަށް ދެވިފައި ނެތެވެ. 

ސަބަބަކަށްވީ ބޭރުގައި ކިތަންމެ ކުލައެއް ލާ ޒީނަތްތެރިކޮށް އޮތަސް ތަންކޮޅަކީ ކޮތަރު ކޮށްޓަަކަށް ވުމެވެ. ސަރުކާރުން ނޫސްވެރިންނަށް އެތަން ދައްކާލަމުން ބުނެފައިވަނީ އެއީ ބޭރަށް ފެންނަން ހުރި "ކުލަފޮށްޓެއް" ކަމަށެވެ. އަދި އެތެރެއަކީ ކޮތަރުކޮށްޓަކަށްވެފައި އެއީ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށެވެ. އެއީ ތެދެކެވެ. ތަން ފެންނަންހުރީ ކުލަފޮށްޓެއްހެން އެތެރެ ކޮތަރުކޮށްޓެއްހެނެވެ. ތަންކޮޅު މާބޮޑަށްވެސް ކުޑައީއެވެ. އެހެންނަމަވެސް އެތަން މީޑިއާތަކަށް ފެނި ސޯޝަލް މީޑީއާގައިވެސް ޢާއްމުވެގެން ދިޔުމަށްފަހުވެސް ރައްޔިތުން ބުނީ އެ ކޮތަރު ކޮށިވެސް ހަމަ "އޯކޭ" ކަމަށެވެ. ވާނީވެސް އެހެންތާއެވެ. މިހާރު އުޅެނީ އަލިފާން ފޮށްޓެއްގައެވެ. ގިނަ ރައްޔޮތުންގެ ދިރިެޅުމުގެ ފެންވަރު ހުރީ މިގޮތަށެވެ. ފަސް ހަތަރު މީހުންގެ އާއިލާ ގޮވާގެން އުޅެން ޖެހިފައ އޮތީ އަލިފާން ފޮށްޓެއްވަރު ކޫޑަތަންކޮޅެއްގައި އެވެ. އެެހެންކަމުން އެ ކޮަތަރު ކޮށިވެސް އަލިފާން ފޮށްޓެއްގައި އޮތުމަށް ވުރެ މާ ރަނގަޅުވަނީއެވެ.

ކޮންމެއަކަސް ބޯހިޔާވަހިކަމުގެ މައްސަލައަކީ ސެންސިޓިވް މައްސަލަ އެކެވެ. ރަށްރަށުގެ މީހުން ދިރިއުޅުން ބިނާ ކުރަން މާލެ އަންނަން މަޖުބޫރުކޮށް، ބޮޑެތި ކުލި ދީގެން އުޅެން ޖެހުމުން އެމީހުންގެ ދިރިއުޅުން ހޭދަ ކުރަނީ ކުލި ދެއްކުމުގެ ވައްބުރެއްގެ ތެރޭގަ އެވެ. ތޮއްޖެހިފައިވާ ކުދިކުދި ތަންކޮޅުގައި އުޅޭ މާލޭ މީހުން ދާނެ ވަކި އެހެން ރަށެއް، ގެދޮރެއް ނެތި، ދިރިއުޅުން އެގޮތުގައި ވޭތުކޮށް މަރުވެ ދަނީ އެވެ. އެފަދަ އާއިލާތަކުގެ ޒުވާނުން ބޮޑެތިވެ މީހުންނާ ކައިވެނިކޮށްގެން ދާން ޖެހެނީ ވެސް ހަމަ ކުއްޔަށެވެ. 

މިފަދަ އެތައް ސަބަބުތަކާއި ހެދި ގެދޮރުގެ ދަތިކަމުގެ ވާހަކަ ނުފެންނަ، އަޑު ނީވޭ ދުވަހެއް ނުދެ އެވެ. އެއީ ކޮތަރު ކޮށްޓަކަސް މިއަދު އެ ކޮށިތައް ރައްޔިތުންނަށް ވަނީ އިންތިހާ ބޭނުންޖެހިފައެވެ. މިއަދު މިވަނީ ކޮށިތަކަށް ވުރެ ކޮތަރު ގިނަވެފައެވެ. 

ވަގުތަށް ބޭނުންވާ އެންމެ އަސާސީ އެއް ހައްގަކީ މިއީ އެވެ. ފަހުރުވެރި އާއިލާއެއް ބިނާކުރަން ދިރިއުޅެވޭނެ އެކަށީގެންވާ ބޯހިޔާވަހިކަމެވެ. "ބޯހިޔާވަހިކަން ލިބުމަކީ ދިވެހި ރައްޔިތުންގެ އަސާސީ އަދި ފަރުދީ ހައްގެއް ކަމަށް ބަލައިގަނެ، ފަރުދުންނާއި، އެމީހުންގެ އާއިލާތަކަށް އެކަށީގެންވާ ލުއި އަގެއްގައި ބޯހިޔާވަހިކަން ހޯދޭނެ މަގުފަހިކޮށްދެވޭނެ" ކަމަށް މެނިފެސްޓޯގައި ބުނެފައިވާ ބުނުން މިއަދު އަމަލުން ދައްކަން ވެއްޖެ އެވެ.

65%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
35%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް